ބޭންކް އޮފް މޯލްޑިވްސް ސްޕޮންސަރކޮށް، ށ ޅައިމަގު އެކުވެރިންގެ ރޫޙުން އިންތިޒާމުކޮށްފައިވާ، “ފަންވަރު ރޯޑްރޭސް” މިއަދު ހަވީރު ޅައިމަގުގައި ބާއްވައިފިއެވެ. 

ޅައިމަގު އެކުވެރިންގެ ރޫޙުން މަޢުލޫމާތުދީފައިވާ ގޮތުގައި، މިއަދު ހަވީރު 16:30ގައި ޅައިމަގުގެ ބަނދަރު ސަރަޙައްދުން ފެށުނު މި ދުވުމަކީ، މިހާތަނަށް ޅައިމަގުގައި ބޭއްވުނު އެންމެ ބޮޑު ދުވުމެވެ. 

މި ދުވުމުގައި ޅައިމަގުން 195 ބައިވެރިން ދުވުން ފުރިހަމަކޮށްފައިވާއިރު، ކޮންމެ ބައިވެރިއަކަށްވެސް ވަނީ،  މެޑަލް ޙަވާލުކޮށްފައެވެ. 

“ފަންވަރު ރޯޑްރޭސް” ތަފާތު 3 ކެޓެގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު، މިއިން ކޮންމެ ކެޓަގަރީއަކުންވެސް ވަނަތައް ޙާޞިލުކުރި ބައިވެރިންނަށް، ޓްރޮފީ އަދި މެޑަލް ޙަވާލުކޮށްދެއްވާފައިވަނީ، ބީ.އެމް.އެލް ނޯރތް ރީޖަން މެނޭޖަރ ޙަސަން އަގުލީމް އަދި  ބީ.އެމް.އެލް ފުނަދޫ ބްރާންޗްގެ މެނޭޖަރ ފުޢާދު މުޙައްމަދު ކަމުގައި ރޫޙުން މަަޢުލޫމާތު ދީފައިވެއެވެ. 

ތަފާތު ވަނަތައް ޙާސިލުކޮށްފައިވާ ބައިވެރިން :

ޅައިމަގު އެކުވެރިންގެ ރޫޙުގެ ހަޒާންދާރު ފާހަގަކޮށްފައިވާ ގޮތުގައި، މިފަހަރުގެ ރޯޑްރޭހުގައި 195 ބައިވެރިން ދުވެފައިވާއިރުގައި، 5 މަހުގެ ކުއްޖަކުވެސް މި ދުވުމުގައި ބައިވެރިވެފައިވާކަމަށެވެ. ހަމަ އެހެންމެ ޅައިމަގު ރައްޔިތުންގެ ފުރިހަމަ އެެއްބާރުލުން މި މިކަމުގައި ލިބިފައިވާކަމަށްވެސް ހަޒާންދާރު ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *