ހެންވޭރު އިމާރާތެއްގެ ބޭރުގައި ރައީސް ޞާލިޙް ގެ ކާރުކޮޅު މަޑުކޮށްގެން އޮއްވާ ކާރު މައްޗަށް ފެންއެއްޗެއް އޮއްސާލި މައްސަލައެއް ފުލުހުން ނަށް މިއަދު ހެނދުނު ހުށައަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެނގިފައިވާގޮތުގައި ކާރުގެ މައްޗަށް ފެން އޮއްސާލާފައިވަނީ ހ. ހީނާމާގެ ކައިރިންނެވެ. ފުލުހުން ބުނިގޮތުގައި އެވަގުތު ކާރުގައި އިނީ ރައީސް ގެ ޑްރައިވަރު އެކަންޏެވެ.
ބެލެވޭގޮތުން މިހާދިސާ ހިނގާފައި މިވަނީ މިއަދު ފެށި ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ރަސްމިއްޔާތު ގައި ރައީސުލް ޖުމްހޫރިއްޔާ އުޅުއްވަނިކޮށެވެ.