ބިގްބޮސްގެ ގެ މިއަހަރުގެ ސީޒަންގެ ފިނާލޭ މިރޭ ބާއްވާގޮތައް ހަމަަޖައްސައިފިއެވެ.
މިއަހަރުގެ ބިގްބޮސް ސީޒަން އަކީ މިހާތަނަށް ބޭއްވި އެހެން ހުރިހާ ބިގްބޮސް ޝޯތަކަށްވުރެ ކާމިޔާބު ޝޯއެކެވެ. އެޝޯގެ ކާމިޔާބާއެކު ސީޒަންވެސް ވަނީ ދިގުކޮށްފައެވެ. ނަމަވެސް ވިހި ހަފްތާއަށް ދިގު ދެމިގެންދިޔަ ޝޯގެ ފިނާލޭ މިރޭ ބާއްވާނެއެވެ. ސަލްމާން ޚާން އާއެކު ބާއްވާ ފޯރިގަދަ މި ޝޯ މިރޭ އަށް ގަޑިބައިގައި ފަށާއިރު ބައިވެރިން ދަނީ ހުއްޓުމެއްނެތި އެމީހުން ތާއީދުކުރާ ބައިވެރިއަކަށް ވޯޓްކުރަމުންނެވެ. މީގެ އިތުންވެސް ޝޯކުރިއަށްދާއިރު ލައިވް ވޯޓިންވެސް ކުރިއަށްދާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޚަބަރުތައް ބުނާ ގޮތުން ފައިނަލަށް ދިިޔަ ހަ ބައިވެރިންގެ ތެރެއިން މިހާރު އެންމެން ފަހަތައް ޖައްސާލުމަށްފަހު ގަދަ ދޭކަށް ހޮވިފައިވަނީ އާސިމް އަދި ސިދާތުއެވެ. ސަނާ ތިންވަނަ އަށް ދިޔައިރު، ރަޝްމީ އަދި އާރްތީވަނީ ޝޯއިން ކަޓާފައެވެ.
ޕާރަސް ޗާބްރާވަނީ 10ލައްކަ ރުޕީސްގެ ކޭޝްބޭގް ނަގައިގެން ޝޯއިން އަލްވަދާއު ކިޔާފައެވެ. މިހުރިހާ މަންޒަރުތަކެއްވެސް މިރޭގެ ފިނާލޭ އެޕިސޯޑުން ފެނިގެންދާނެއެވެ.
މިރޭގެ ފިނާލޭއަށް ޝޯގައި ފެނިގެންދިޔަ ގިނަ ބައިވެރިން ފެނިގެންދާއިރު، ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ވަގުތަކީ އެމީހަކު އެންމެ ތާއީދުކުރާ މީހަކު ޝޯ ކާމިޔާބުކުރާ މަންޒަރެއެވެ. ނަމަވެސް މިރޭގެ ޕާރފޮމެންސް ތައްވެސް ވަކި ދެރައެއް ނޫނެވެ. އޭގެ ތެރޭގައި ރަޝްމީ އާއި ސިދާތު ، އާސިމް ހިމާންޝީ، އަދި އާސިމް ސިއްދާތު ހިމެނެއެވެ.
ވޯޓްޕޯލްތަކަށް ބަލާއިރު ޝޯކާމިޔާބު ކުރާނީ ސިއްދާތެވެ. ގިނަ މީހުން ތާއިދުކުރަނީވެސް އޭނައަށެވެ. ނަމަވެސް އާސިމްގެ ވެސް ފޭނުންވެސް މަދެއް ނޫނެވެ. ގިނަ ބަޔަކު އަންނަނީ މި ދެމީހުންނަށް ވޯޓްކުރުމަށް ކެމްޕެއިންތައްވެސް ހިންގަމުންނެވެ.