އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތް ތަކުގެ ތެރެއިން މުޅި ރާއްޖޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ފަށާއިފިއެވެ.
މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެ ހުންނަ ޞަރަޙައްދުން މިހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.
ހެނދުނުގެ ނާސްތާޔާ އެކު ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް އާޢި ރައީސް ނަޝީދު އަދި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި މާލޭގައި މިވަގުތު ތިއްބެވި ކެންޑިޑޭޓުން ނާއި އާންމުން ވަނީ މާލޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ.
ޕޯސްޓަރު ތަތްކުރުން ފައްޓަވާ ދެއްވަމުން ރައީސް ޞާލިޙް އާއި ރައީސް ނަޝީދު ވަނީ އެމްޑީޕީ ހަރުގޭގެ ފާރުގައި "ރަށްވެހި ފަތިސް " ގެ ޕޯސްޓަރުގެ މަންޒަރު ކުރަހާ ކުލަޖައްސަވާ ދެއްވާފައެވެ. އެއަށްފަހު ދެރައީސުންވަނީ މަޖީދީމަގު ބައެއް ތަންތަނުގައި ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.