ދުނިޔޭގެ ލަގްޒަރީ ބްރޭޑްތަކުގެ ވިޔަފާރި އަށް ކޮރޯނާވައިރަސްގެ ސަބަބުން ފާހަގަ ކޮށްލެވޭ ވަރު ބޮޑު ގެއްލުން ވާން ފަށައިފިކަމަށް ބީބީސީގައި ރިޕޯރޓް ކޮށްފިއެވެ.

ދުނިޔޭގެ ފެޝަން އިންޑަސްޓްރީ އަކީ 1.5 ޓްރްލިއަން ޑޮލަރުގެ އަގުހުރި ވިޔަފާރިއެކެވެ.ހަމައެކަނި ޔޫކޭ އަށް ރެވެނިއުގެ ގޮތުގައި 30 ބިލިއަން ޕައުންޑު ފައިދާ ފެޝަން އިންޑަސްޓްރީގެ ސަބަބުން ލިބެއެވެ.

އިންވެސްޓްމަންޓް ބޭންކް ޖެފަރީޒް އިން މައުލޫމާތު ދީފައި ވާގޮތުގައި ހަމައެކަނި ޗައިނާއިން ފެޝަން ވިޔަފާރިއަށް %80 ގެ ކުރިއެރުން ގެނުވާއިރު ، ޖެފަރީޒްގެ މެނޭޖިންގެ ޑައިރެކްޓަަރ ފްލާވިއޯ ސެރީޑާ ސިފަކުރައްވާފައިވާ ގޮތުގައި މިކަމަކީ ބިރުވެރި ހުވަފެނެއް ފަދަ ކަމެކެވެ.

ފެޝަން އިންޑަސްޓްރީގެ ވިޔަފާރު 23 ޖެނުއަރީ 2020 ވަނަ ދުވަހާ ހަމައަށް ވެސް އޮތީ އެއްވެސް ބަދަލެއް ނައިސް ކަމުގައި މައުލޫމާތު ލިބެއެވެ.

ނަމަވެސް ވައިރަސްގެ ސަބަބުން ޗައިނާގެ ގިނަ އަވަށްތަށް ވަނީ ހުސްކުރެވިފައެވެ. ހުކުރުދުވަހާ ހަމައަށް 63،922 މީހަކަށް ވައިރަސް ޖެހިފާވާކަން ކަށަވަރުވެފައިވާއިރު، 1381 މީހުން ވަނީ މިވައިރަސްގެ ސަބަބުން މަރުވެފައެވެ. ޝޮޕިންގ މޯލް ތަކައް ނުކުންނާނެ ބަޔަކު ނެތި މުޅިތަން ހުސްވެ، މުވައްޒަފުން ތިބީ ގޭގަ އެވެ. ލަގްޒަރީ ބްރޭންޑް ތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުން މިކަމާވަނީ ކަންބޮޑުވުން ފާލުކޮށްފައެވެ.

"ދުވަހަކުވެސް މިފަދަ ދަނޑިވަޅަކާ އަދި ކުރިމަތި ނުވޭ ، ސޭލްސް ހަމަ  ޒީރޯގަ، މިކަމުގެ އަސަރު ކިތަންމެ ކުޑަ ވިޔަފާރިއެއްކަމުގައިވިޔަސް ބޮޑު ވިޔަފާރިއަކަށް ވިޔަސް ފޯރާނެ" މިސްޓަރ ސެރެޑާ ބީބީސީ އިންޓަރވިއުގައި ވިދާޅުވިއެވެ.

ފައިދާދަށަށް ދާކަމުގެ އިންޒާރު ދީިފައިވާ ލަގްޒަރީ ބައެއް ބްރޭންޑް ތަކުގެ ތެރޭގައި ބަރބަރީ ، ރަލްފް ލޯރަން ، ކޯޗް، ކޭޓް ސްޕޭޑް ގެ ޓޭޕެސްޓްރީ ، މޮންކްލިއަރ އެންޑް ކެޕްރި ހޯލްޑިންގްސް ގެ ދަށުން ހިންގާ ވާރސާސީ، މައިކަލް ކޯސް އަދި ޖިމީ ޗޫ ހިމެނެއެވެ.

ބޮޑެތި ލަގްޒަރީ ބްރޭންޑު ތަކުގެ އިތުރުން ހައި ސްޓްރީތް ރީޓެއިލް ވިޔަފާރިތަކަށް ވެސް މިކަމުގެ އަސަރު ފޯރާނެ ކަމުގައި ބެލެވެއެވެ. ބައެއް މިފަދަ ރީޓެއިލަރސް ގެ ފިހާރަ ޗައިނާ ގައި ހުރެއެވެ. ރީޓެއިލް އެކްސްޕަރޓް ކޭޓް ހާޑްކާސަލް މައުލޫމާތު ދީފައިވާގުގައި ޗައިނާ އަކީ ތަކެތި އުފެއްދާ މައިގަނޑު ތަނަށް ވެފައި ޔޫކޭ ގެ ރީޓެއިލަރސް އަށް މިހާރުވެސް ވަނީ ސްޕްރިންގ ފެޝަން ކަލެކްޝަން މަދުވެގެން ފަސްވަރަކަށް ހަފްތާ ލަސްވެފައެވެ.

ފެޝަންގެ ދުނިޔޭގެ ވިޔަފާރި ވެރިން ޤަބޫލު ކުރާގޮތުގައި މިކަމުން އަރައިގަތުމަށް މަސްތަކެއް ނަގާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *