15 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 10:20 ކަންހާއިރު ހައިވޭއިން ހުޅުމާލެއަށް ފައިބާކޮޅުގައި ސައިކަލަކާއި ފިއުލް ބައުޒަރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ގައި ސައިކަލް ދުއްވަން އިނީ އުމުރުން 26 އަހަރުގެ ދިވެހިއަންހެނެއް ކަމަށާއި ، އަންހެން މީހާ އަށް އެކިވަރުގެ އަނިޔާލިބި މިހާރުވަނީ ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައިކަމަށާއި އަންހެންމީގާ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމީހާ އަތުގައި ލައިސަންސް އޮތްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފިއުލް ބައުޒަރ ދުއްވަން އިނީ އުމުރުން 26 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މިމީހާ އަތުގައި ވެސް ލައިސަންސް އޮތްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެއަށް ވަންނަ ސަރަހައްދުން ފިއުލް ބައުޒަރ އަނބުރާލަން އުޅެނިކޮށް ފަހަތުން އައި ސައިކަލް ކޮންޓްރޯލް ނުވެ ބައުޒަރުގައި ޖެހުމުންނެވެ. ފުލުހުން މިހާރު ގެންދަނީ މިއެކްސިޑެންޓް އިތުރަށް ތަޙުގީޤް ކުރަމުންނެވެ.