ފުޓުބޯޅައިގެ ކުރީގެ އެންމެ ނަން ވިދާލާ ޓީމް ވެލެންސިއާ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ، ޖޭޖޭ ސްޕޯރޓްސް ގެ މައްޗަށް 2-3 ގެ ނަތީޖާ އަކުން ކުރިހޯދާ ފައިނަލުން ޖާގަ ކަށަވަރުކޮށް އަންނަ ސީޒަންގެ ފުރތަމަ ޑިވިޝަނަށް ދަތުރުކޮށްފިއެވެ.
ސެމީފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް ވެސް ވަނީ ފުރަތަމަ ޑިވިޝަނަށް ހޮވިފައެވެ. ވެލެންސިއާ ފައިނަލަށް ހޮވުނީ ފަހަތުން އަރައި މެޗު ކާމިޔާބު ކުރުމަށްފަހުގައެވެ.
18 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ޖޭޖޭ އިން އަލީ ނާފިއު (ކަޅޭ ) އެވެ. ވެލެންސިއާ މެޗުގެ ނަތީޖާ އެއްވަރުކުރީ 40 ވަނަ މިނެޓްގައި ހުސެން ނިޔާޒް ( ބޮކްރީ ) ޖެހި ލަންޑަކުންނެވެ. ދެވަނަ ހާފްގައި ވެލެންސިއާގެ ލީޑް، ބިދޭސީ ކުޅުން ތެރިއާ އިރީ ސެމިއުލް 2 ވަނަ ލަނޑުން 67 ވަނަ މިނެޓްގައި ނަގައިދިން އިރު ، ވެލެންސިއާގެ ތިންވަނަ ލަނޑު ކާމިޔާބް ކުރީވެސް އޭނާއެވެ. މެޗުގެ 81 ވަނަ މިނެޓުގައި ކަޅޭވަނީ ޖޭޖޭ ގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗު އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.