ބޮލީވުޑްގެ އެކްޓަރ، ވަރުން ދަވަން، އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަޝާތާ ދަލާލްއާ އެންގޭޖްކޮށްފައިވާކަމަށް، މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތައް ވަރުން ދޮގުކޮށްފިއެވެ.
ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފިލްމުކަމަށް ވާ، "ސްޓޫޑެންޓް އޮފްދަ އިޔަރ" އިން އާންމުންގެ މެދުގައި މަޤުބޫލުކަން ހޯދި، ވަރުން ދަވަން އޭނާގެ ލޯބިވެރިޔާ ނަތާޝާއާ ކައިވެނި ކުރަންއުޅޭކަމުގެ ވާހަކަތައް ގެނެސްދީފައިވަނީ، ބޮލީވުޑްގެ މުނިފޫހި ފިލުވުމުގެ ދާއިރާއާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫހެއްގައެވެ.
ވަރުން ދަވަން އޭނާގެ އާއިލާއާއެކު ލޯބިވެރިޔާ ނަތާޝާ ގެއަށް ގޮސްފައިވާ ކަމަށާއި، ކައިވެންޏަށް ހުށައަޅާފައިވާކަމަށް ބުނެ ޚަބަރު ފަތުރާފައިވާއިރު، އެކަމާ ގުޅޭގޮތުން ވަރުން ވަނީ ޓްވީޓެއްގައި އެކަން ދޮގުކޮށްފައެވެ. އެގޮތުން ނަތަޝާގެ ގެއަށް ދިޔައީ އުފަންދުވަހުގެ ޕާޓީއެއް ފާހަގަ ކުރުމަށް ކަމަށާއި، އެކަމާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރެން ބޭނުންނުވާ ކަމަށް ވަރޫން ބުނެފައިވެއެވެ.
ވަރޫންގެ ޢާއިލާއާއެކުގައި ދާދިފަހުން އައު އަހަރު ފާހަގަކުރުމަށް، ސްވިސްގެ ރިސޯޓަށް ވަރުންގެ ޢާއިލާ ދިޔަ ދަތުރުގައިވެސް، ނަތާޝާ ވަނީ ބައިވެރިވެފައެވެ.