ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ފުލުހުން ކުރިއަށްގެންދާ ޙަރަކާތްތަކުގެތެރެއިން، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި، އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ، ޓްރެފިކް މޮނީޓަރސް ޕްރޮގްރާމެއް މާލެސިޓީ 4 ސުކޫލެއްގައި ބާއްވައިފިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ، ސްކޫލްތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ އިތުރުން، ޓްރެފިކް މައްސަލަތައް ޙައްލުކުރުމުގެ ރޫޙު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުންކަމަށް، ޕޮލިސް މީޑިއާއިން ބުނެފައިވެއެވެ. 

ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްް  ކުރިއަށްގެންގޮސްފައިވަނީ، އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާއި، އަދި ޢަރަބިއްޔާ ސްކޫލްގެ އިތުރުން ހުޅުމާލެ ރެހެންދިސުކޫލުގައެވެ. 

އެއްގަމުގެ ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުން، މި ޕްރޮގްރާމްގައި ވަނީ، ދަރިވަރުންނަށް މަޢުލޫމާތު ދީފައެވެ. ހަމަ އެހެންމެ ދަރިވަރުންގެ އަމިއްލަނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ހަމަ އެއާއެކު ޓްރެފިކް ބެލެއްޓުމާއި ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް ޢަމަލީ ޙަރަކާތްތަކެއްވެސް، ކުރިއަށް ގެންދިއުމުގެ އިތުރުން، ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ޙަރަކާތްތެރިވާއިރު، ޢާންމުންނާ މުޢާމަލާތު ކުރުމުގައި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވާނޭ ކަމުގައިވެސް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ. 

މި ހިނގާ ފެބްރުއަރީ މަހުގެ 9 ން 13 އަށް ކުރިއަށް ގެންދިޔަ، މި ޕްރޮގްރާމްގައި،  އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާއި، އަރަބިއްޔާ ސްކޫލާއި، ހުޅުމާލެ ރެހެންދި ސްކޫލުން، ކޮންމެ ސްކޫލަކުން 35 ދަރިިވަރުން ބައިވެރިވެފައިވާކަމަށް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *