މިފަހަކަށް އައިސް ހޮލީވުޑް ގެ ފިލްމުތައް އުފައްދަނީ ހަމައެކަނު ކޮމިޓީއަކުން ނޫނެވެ.ފިލްމު އުފައްދަނީ އޯޑިއަންސްއެވެ.
ބައެއް ފިލްމުތަކުގެ ޓްރެއިލަރ ރިލީސް ކުރުމުން ، ސޯޝަލް މީޑިއާގައި ބެލުންތެރިން ކުރަމުން ދިޔަ ކޮމެންޓުތަކަށް ބަލާ ، ޕްރޮޑަކްޝަން ޓީމުން ބައެއް އުފެއްދުންތަކަށް ބޮޑެތި ބަދަލުވަނީ ގެނެސްފައެވެ.
މިގޮތަށް ބަދަލު ގެނެވުނު ބައެއް ފިލްމު :
ސޮނިކް ދަ ހެޖްހޮގް
2019 ވަނަ އަހަރު އޭޕްރިލް މަހު "ސޮނިކް" ގެ ޓްރެއިލަރ ދައްކާލުމުން ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ފާޑުކިއާފައެެވެ. ސޮނިކްގެ ލޯ މާކުޑައޭ ، ސޮނިކްގެ އިންސާނުންގެ ހުންނަކަހަލަ ދަތްޕިލައެއް ލާފަ އޭ ، މިހެން އެއްބައަކު ކިއަމުން އާއިރު އަނެއްބައަކު ސޮނިކް ގެ އާ ވަރޝަން އަކީ ނުބައި ހުވަފެނެއްކަމުގައިވެސް ސިފަކޮށްފައިވެއެވެ. މަކަމަށް ކިއަމުން އައި ފާޑުކިއުމުގެ ބޮޑުކަމުން ތިން ދުވަސް ފަހުން ޑައިރެކްޓަރ ޖެފް ފައުލަރ ވަނީ ފިލްމު ރިލީސްކުރުން ލަސްވާނެކަން އިއުލާންކޮށް ، އަލުން ސޮނިކް ގެ ކެރެކްޓަަރ ޑިޒައިން ކުރުމަށް ބުނެފައެވެ. އަދި ' ބެލުންތެރިންގެ ތަރުހީބަށާއި ފާޑުކިއުމަށް ޝުކުރިއްޔާ އޭ ޖެހުމަށްފަހު ވަނީ ޓްވީޓް ކޮށްފައެވެ. ބެލުންތެރިން ދޭންބޭނުންވި މެސެޖުގެ އަޑު ވަރަށް ގަދަ އަދި ވަރަށް ސާފް ، ބެލުންތެރިން ސޮނިކް ގެ ކުރެހުމާ މެދު ހިތްހަމަ ނުޖެހި ބަދަލުކުރަން ބުނުމުން އެކަން އެވަނީ ކޮށްފައެވެ.
ކެޓްސްް
2019 ވަނަ އަހަރު ޖުލައި ގައި ރިލީސް ކުރެވުނު ކެޓްގެ ޓްރެއިލަރ މުޅި ދުނިޔެ ސިއްސުވާލި ކަހަލައެވެ. ޓޮމް ހޫޕަރ ގެ ފިލްމް " ކެޓްސް" ގެ ޓްރެއިލަރ ބަލާފަ ޓްވީޓަރ ބަންޑުން ޖަހާލިކަހަލައެވެ. މިލިއަނެއްހާ މީހުން ދިޔައީ ޓްރެއިލަރ އަށް ފާޑު ކިއަމުންނެވެ. ނޫސްތަކުގައިވެސް ވަނީ ޓްވީޓަރ ގައި އެހަފްތާގަޖަހަމުން ދިޔަ ޖޯކާއި ފާޑުކިއުންތަކުގެ ވާހަކަ ލިޔަމުންނެވެ. އެހެންކަމުން ފިލްމު ރިލީސް ކުރުމުގެ ވެސް ފަހުން ފިލްމުގެ އިފެކްޓުތައް އަޕްޑޭޓް ކޮށް ފިލްމަށް ވަނީ ބަދަލު ގެނެސްފައެވެ.
އަލާދީން
2019 ވަނަ އަހަރު އަލާޑީން ގެ ޓްރެއިލަރ ބަލާފަ ވިލް ސްމްތް ގެ ޖީނީ ކެރެކްޓަރ ހުރިގޮތް ބެލުންތެރިންނަށް ބަލައެއް ނުގަނެވުނެވެ. ބެލުންތެރިންގެ ފާޑުކިއުން ދިޔައީ ގިނަވަމުންނެވެ. ސިނަމާކޮންގައި ޓްރެއިލަރ ދެއްކިއިރު ފިލްމުގެ ބައެއް ސެޕެޝަލް އިފެކްޓު ތައްވެސް ވަނީ ފުރހަމަ ނުކޮށެވެ. ޑައިރެކްޓަރ ގާއި ރިޗީ ގެ ޓީމުން ޑްރޮއިންގ ބޯޑަށް ގޮސް ފިލްމު ބެލުންތެރިންނާ ހަމަ އަސް ގެނެސް ދީފައި މިވަނީ އެންމެފަހުން ބަދަލުތަކާ އެކުއެވެ.