އެނިސްޓަން އަދި ލެޓަރމަން

1998ގެ "ލޭޓް ޝޯ" އިންޓަވިއުއެއްގައި ޑޭވިޑް ލެޓާމެން ޖެނިފަރ އެނިސްޓަންގެ އިސްތަށިގަނޑުން ބައެއް އޭނާގެ އަގަޔަށް ލާ ތަންކޮޅުގެ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. ނިއު ޔޯކް ޓައިމްސްގެ ޑޮކިއުމެންޓްރީ "ފްރޭމިން ބްރިޓްނީ ސްޕެއާސް" ރިލީޒް ވުމަށްފަހު މަޝްހޫރު ތަރިންނަށް މީޑިއާގެ ފަރާތުން ލިބޭ މަލާމާތާއި ފުރައްސާރައާ ގުޅިގެން 73 އަހަރުގެ ޑޭވިޑް ލެޓަރމަންގެ ކުރީގެ އިންޓްވިއުތައް ވަނީ ވައިރަލް ވާން ފަށާފައެވެ.

2013 ވަނަ އަހަރު ލެޓާމެން އިންޓަވިއުއެއްގައި ލިންޑްޒީ ލޯހާންއަށް ކުރި ޒާތީ ސުވާލުތަކުގެ ވީޑިއޯއެއް އާންމުވިތާ ހަފުތާއެއް ނުވަނިސް އޭނާ އެނިސްޓަން އާއެއްކޮށް ކުރި އިންޓަވިއު ވަނީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ޖެނިފާ އެނިސްޓަންގެ އިންޓަވިއު ފެށިގެންދިޔައީ ވަރަށް ރަނގަޅުކޮށް ކަމުގައިވިޔަސް ލެޓަރމަން ވަނީ 29 އަހަރުގެ އެނިސްޓަންއަށް "ފްރެންޑްސް" ޝޯގެ ފޭނުންނާ ސްޓީމް ރޫމްއެއްގައި ބައްދަލުކުރިއިރު އެވަގުތު ހުރީ ބަރަހަނާ ވެގެންތޯ އަހާފައެވެ.

ނަމަވެސް ހައިރާންކުރުވަނިވި ކަމަކަށް ވެގެންދިޔައީ އިންޓަވިއުގެ މެދުތެރޭގައި ލެޓަރމަން ވާހަކަ ދެއްކުން ހުއްޓާލައިފައި މިހެން ބުމުންނެވެ. "ރަނގަޅު ނޫން ކަމެއްނަމަ މާފަށް އެދެން. ހަމައެކަނި މިކަންތައް ކޮށްލަން ބޭނުން"

ލެޓަރމަން އެނިސްޓަން އާ ގާތްވުމަށްފަހު އެނިސްޓަންގެ ކޮނޑުމަތީގައި އަތް ބާއްވާފައި އޭނާގެ އިސްތަށިގަނޑުން ބަޔެއް އަނގަޔަށް ލިއެވެ.

އެނިސްޓަން ސިއްސައިގެން ދިޔުމަށްފަހު ލެޓަރމަން ކައިރީ އޭނާ އެކުރަނީ ކީއްތޯ އެހިއެވެ. ނަމަވެސް ޖަވާބެއް ދިނުމުގެ ބަދަލުގައި ލެޓަރމަން އަނގައިން އިސްތަށިގަނޑު ވެއްޓެއްދެން އެނާ ހުރީއެވެ. އެއަށްފަހު އެނިސްޓަން ގެ އިސްތަށިގަނޑު ހިއްކުމަށް ޓިޝޫއެއް ދިނެވެ.

https://www.youtube.com/watch?v=WAp4AMBrD5s

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *