އަޝްވިނީ ތިވާރީގެ ފިލްމު "ޕަންގާ" އިން އެންމެ ފަހުން ފެނިގެންދިޔަ ބަތަލާ ކަންގަނާ ރަނާވުތު ހިމެނެނީ، އެންމެ ޖެހިލުން ކުޑަ އަދި ބުނަންބޭނުންވާ ކޮންމެ އެއްޗެއް މީޑީޔާގައި ބުނެލާ މަދު މީހުންގެ ތެރެއިންނެވެ. ކަންގަނާގެ ދައްތަ ރަންގޯލީ ޗެންދާލްވެސް ހަމަ މިފަދައެވެ. އަބަދުވެސް ކޮންމެވެސް މީހެއްގެ ޒާތީކަމެއްގެ ތެރެއަށް އަނގަބާނައިގެން ނޫޅޭ އިރެއް ނާދެއެވެ. މިގޮތަށް އެންމެ ގިނަ ސުރުޚީތަކަށް އެރި އެއްވާހަކަ އަކީ، ކަރަން ޖޯހަރުއަކީ ހަމައެކަނި ބޮޑެތި ފިލްމީ އާއިލާތަކުގެ ދަރިން މި ދާއިރާއަށްނެރޭ މީހެއްކަމަށް ތުހުމަތުކޮށް ކަންގަނާ އާއި ރަންގޯލީ ދެއްކި ވާހަކަ ތަކެވެ.

މިފަހަރު މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ ލޯބިވެރިންގެ ދުވަހާއި ދިމާކޮށް ރަންގޯލީ ދިމާކޮށްލީ، މިހާރު ބޮލީވިޑްގެ އެންމެ ގިނަ މީހުންގެ ލޯބި ލިބެމުންދާ ދެ ޖޯޑުކަމުގައިވާ ރަންބީރު-އާއިލާ އަދި ދީޕިކާ ޕަދުކޯން އާއެވެ. މި ދެ ޖޯޑު ވަކިވަކިން ނަގާފައިވާ ދެ ފޮޓޯ އާއި އެކު، ރަންގޯލީ ކުރި ޓްވީޓް ފަށަމުންވެސް ބުނީ، "މިހާރު ސިޔާސީ ޕޯސްޓްތައް މާގިނަ ވެއްޖެހެން ހީވޭ، އެހެންވެ ބޮލީވުޑްގެ ތާޒާ ޚަބަރެއް ދޭނަން" މިހެންނެވެ.

މި ޓްވީޓްގައި ރަންގޯލީ ބުނީ، ފިލްމީ ފަންނާނުން ޗުއްޓީތަކަށް ދާއިރު އެމެރިކާ، ޔޫރަޕް ފަދަ އަގު ބޮޑު އަދި ތަރައްޤީވެފައިވާ ޤައުމުތަކަށް ދާއިރު އެމީހުން މަޑުކުރާ ހޮޓެލްތަކާއި، ޒިޔާރަތްކުރާ އެހެން ތަންތަނުގެ މައުލޫމާތު މީސް މީޑިޔާ މެދުވެރިކޮށް ސަޕޯޓަރުންނާއި ޙިއްޞާކުރާ ކަމަށާއި، ނަމަވެސް ސްރީލަންކާ އަދި ތައިލެންޑް ފަދަ އަގުހެޔޮ ޤައުމުތަކަށްދާއިރު އެފަދަ މައުލޫމާތު ޙިއްސާނުކުރާ ކަމަށެވެ. އަދި އެގޮތަށް ކަންތައްކުރުން އެއީ ތަފާތުކުރުންކަމަށްޗެސް ތުހުމަތުކުރިއެވެ. ރަންގޯލީ އިތުރަށް ބުނީ އިޝްތިހާރުކުރަން ބޮޑަށް ބޭނުންވަނީ ތަރައްޤީނުވާ ޤައުމުތައްކަމަށެވެ.

ރަންގޯލީ ބުންޏަސް، އެއީ ވަރަށް ތެދުވާހަކަ އެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *