04 ފެބްރުއަރީ 2020 ވަނަ ދުވަހުގެރޭ ، ހުޅުމާލޭގައި ޗައިނާ ދެމީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ވަޅިން ހަމަލާދިން މައްސަލާގައި އިއްޔެ 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް މިއަދު ފުލުހުން މައުލޫމާތު ދީފިއެވެ.
މި ހައްޔަރާގުޅޭ އިތުރުތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހެލްމެޓް އަޅައިގެން މޫނު ފޮރުވައިގެން ތިބި ބައަކު ދިން މިހަމަލާގެ ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރުގެ ބަޔަކަށެވެ.
ތިން ބިދޭސީންނަށް ހަމަލާދިން ފަރާތްތަކާއި ހަމަލާ ރޭވޮ ފަރާޔްތަކުގެ އިތުރުން އެކި ގޮތުން މިކަމުގައި އެހީފޯރު ކޮށްދިން މީހުން ހޯދާ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.