އއ.މަޑިވަރު ބޭރު ކައިރިއަށް ސްނޯރކްލިންގ އަށް ދިޔަ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިއަދު ހަވީރު 17:30 ކަންހާއިރު ސްނޯކްލިންގ އަށް ދިޔަ މީހަކު މަރުވެގެން އއ.ރަސްދޫ ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާގައި މަރުވެފައިވަނީ ރަސްދޫ ޑައިވް ސެންޓަރުގައި މަސައްކަތް ކުރާ ރ. މީދޫ ދެރަހަ، އަބްދުﷲ އަޒްވާނެވެ. 

މައުލޫމާތު ލިބިފައިވައި ގޮތުގައި އަޒްވާން މަރުވެފައިވަނީ ޓޫރިސްޓުންތަކެއް ގޮވައިގެން ސްނޯކްލިންގ އަށް ގޮސް އުޅުމުގެ ތެރޭގައެވެ. ކަނޑުގެ 23 މީޓަރު އަޑިން އަޒްވާން ނަގައިގެން އއ. ރަސްދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. 

އުމުރުން 23 އަަހަރުގެ އަޒްވާން މަރުވިއިރު މާދަމާއަކީ އަޒްވާންގެ 24 ވަނަ އުފަން ދުވަހެވެ. 

މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ މަޑިވަރު ބޭރަށް ސްނޯކްލިން އަށް ގޮސް އުޅެނިކޮށް، އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެގެން ރަސްދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:30 ހާއިރު ލިބިފައިވާ ކަމަށެވެ.

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *