ޔުއެފާ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޗެލްސީން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން އެތުލެޓިކޯއިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާއިފައެވެ. އެގޮތުން އެތުލެޓިކޯގެ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒްއަށް ލަނޑު ޖަހަން ރަނުގެ ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޗެލްސީގެ ކީޕަރެވެ. މީގެ އިތުރުން މި ހާފުގައި އެތުލެޓިކޯގެ ޒުވާން ފޯވާޑް ޖާއޯ ފީލިކްސްއަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ޗެލްސީއަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބިގެން ގޮސްފައިވަނީ އިތުބާރު ފޯވާޑް އޮލިވިއޭ ޖިރޫޑަށެވެ.

މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެތުލެޓިކޯގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ފޯވާޑް ޖިރޫޑަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ، މެޗުގެ 68 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް ޖިރޫޑެވެ.

މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ މާރޗް މަހުގެ 18 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *