ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗްގެ މަޤާމަށް، ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ކުރީގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ހަމަޖައްސައިފިއެވެ. 

ކުލަބު ގްރީންގެ ކޯޗުގެ މަޤާމުގައި މިދިޔަ ދެ އަހަރު ވަންދެން ހުރިތަޖުރިބާކާރު ކޯޗް، އަލީ ސުޒޭން ސީނިއާ ޤައުމީޓީމުގެ އެސިސްޓެންޓް ކޯޗް ކަމާ ހަވާލުވުމުގެ ސަބަބުން، އެ މަޤާމަށް ނިޝްތާރު ހަމަޖައްސާފައިވަނީ،  ރޭ ޕީޓްރަލް ޕާކު ސަރަޙައްދުގައި ބޭއްވި ހަފުލާއެއްގައެވެ.  

ނިޝްތާރު އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ، 2017 ވަނަ އަހަރު ދިވެހި ޕްރިމިއާލީގްގައި ވާދަކުރި، އއ. މާޅޮސް ޓީމުގައެވެ. އެ އަހަރު މާޅޮހަށް ދިވެހި ޕްރިމިއާ ލީގުން ޖާގަލިބުނީ، މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުންނެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް، 2އަހަރު ވަންދެން ނިޝްތާރު މަސައްކަތްކޮށްފައިވަނީ، ފޯކައިދޫ ކުލަބުގެ ކޯޗުގެ މަޤާމުގައެވެ. ހަމަ އެހެންމެ އޭނާ ވަނީ، އެ ޓީމާއެކު މިއަހަރު ދިވެހި ޕްރިމިއާ ލީގުގައިވެސް، ކާމިޔާބު މަސައްކަތްތަކެއް ދައްކައިދީފައެވެ. އެގޮތުން މިއަހަރު ދިވެހި ޕްރިމިއާ ލީގުގެ ގަދަހައެއްގާވެސް އެ ޓީމު ހިމެނިފައިވެއެވެ. ގްރީން އަކީ، ރާއްޖޭގެ އެންމެ މަތީ ލެވްލްގައި ނިޝްތާރު މަސައްކަތް ކުރާނެ ތިން ވަނަ ޓީމެވެ.

ހަތް މަސް ދުވަހު މުސާރަ ނުލިބި ފޯކައިދޫގެ ޓީމުން ހާސިލު ކޮށްފައި ވަނީ އިމްޕޮސިބަލް ކަމެއް ކަމުގައި ނިޝްތާރު ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *