ކ.މާފުށީގައި ކުރީގައި ކުޑަކުދިންގެ މަރުކަޒު ނުވަތަ އިސްލާހީ އިމާރާތުގެ ގޮތުގައި ބޭނުން ކުރެވުނު އިމާރާތުގައި އަލިފާން ރޯވެ އަނދައިފިއެވެ.
ޓިނުންހަދާފައިވާ މިއިމާރާތަކީ މިހާރު ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އިމާރާތެކެވެ. މިއަދު ހެނދުނު 9:15 އެހާކަންހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާނގަނޑު ފުލުހުންނާއި އާންމު ރައްޔިތުންނާއި ގުޅިގެން މިހާރުވަނީ ނިއްވާލެވިފައެވެ.
ބޭނުންނުކޮށް ފަޅަށް ހުންނަތާ އެތައް އަހަރެއް ވެފައިވާ މިއިމާރާތް މިހާރުވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމުގައި މައުލޫމާތު ލިބެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެއެވެ.