ޑރ. ފައިރޫޝް މިއަދު ރިޓަޔާ ކުރެއްވުމުގެ ރަސްމިއްޔާތު

ފުލުހުންގެ ހިދުމަތުގެ ޤާނޫނު ތަސްދީޤްކުރުމުގެ ހަމަސްކުރިން ރިޓަޔަރވުމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ހުށަހެޅުއްވިކަމަށާއި، ރިޓަޔަރކުރެވުނުއިރު އޭނާގެ މައްސަލައެއް ހުށަހެޅިފައިނުވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝަރަފުވެރިކަމާއެކު ފައިރޫޝް ރިޓަޔަރކުރައްވާފައިވަނީ އުސޫލުން ބޭރުގައިކަމަށް ތުހުމަތުކޮށް މައްސަލަ ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހޯމް މިނިސްޓަރ އިމްރާން ވަނީ ހާޒިރުކޮށްފަ އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ ފައިރޫޝް ރިޓަޔަރވެވަޑައިގެންނެވުމަށް ހުށަހެޅުއްވިއިރު، ޤާނޫނުގައި އޮންނާނީ ކޮން އެއްޗެއްކަންވެސް އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި އޭނާ ރިޓަޔަރވެވަޑައިގެންނެވުމަށް ހުށަހެޅުއްވީ ޤާނޫނު ތަސްދީޤްކުރުމުގެ ހަމަަސް ނުވަތަ ހަތްމަސް ކުރިން ކަމަށް އިމްރާން ވިދާޅުވި އެވެ.

މައުލޫމާތު ލިބޭގޮތުން މަގާމުން ވަކިވެވަޑައިގަތުމަށް 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޑރ. ފައިރޫޝް އެދިލެއްވިއެވެ. އިމްރާން ވިދާޅުުވިގޮތުގައި ޤާނޫނު ތަސްދީޤްކުރެއްވީވެސް ފައިރޫޝް ރިޓަޔަރކުރެއްވުމުގެ މަަސައްކަތް ކުރިއަށްގެންދަނިކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލުހުންގެ ހިދުމަތުގެ ޤާނޫނު ތަސްދީޤްކުރެއްވީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ފައިރޫޝް ރިޓަޔަރކުރައްވާފައިވަނީ ޖެނުއަރީ މަހުން 2 ވަނަ ދުވަހު އެވެ.

އިމްރާން ވިދާޅުވީ ރިޓަޔަރކުރުމުގެ މަސައްކަތްކުރިއިރު، ފައިރޫޝްގެ މައްސަލައެއް ފުލުހުންގެ ކޮމެޓީއަކަށް ހުށަހެޅިފައިނުވާކަމަށެވެ. އަދި އެހެންގޮތަކުންވެސް ސަމާލުކަމަށް އައިސްފައިނުވާކަމަށެވެ.

"ފުލުހުންގެ މައްޗަކަށްވެސް އަދިި އަޅުގަނޑަކަށްވެސް ފައިރޫޝްގެ ތައުދީބީ ފިޔަވަޅެއް އަންނަ މައްސަލައެއް އަދިވެސް މިހާތަނަށްވެސް އޮތްކަމެއް ނޭނގޭ"

ފުލުހުންގެ ހިދުމަތުގެ ޤާނޫނުގައި ބުނެފައިވާގޮތުން ޤާނޫނަށް އަމަލުކުރަން ފަށާއިރު، ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.

ފައިރޫޝްއަކީ 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލި މައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އަމާޒުވެ ހުންނެވި ބޭފުޅެކެވެ. އަދި އެ ދުވަހުގެ މައްސަލަތައް ބަލަންޖެހޭނެކަމަށް އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ގޮވާލަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *