ޕްރިންސް ހެރީ އަދި މޭގަންގެ ބަކިންގހަމް ޕެލަސް އޮފީސް ބަންދުކޮށް އަޮފީހުގެ 15 މުވަައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ. ބުނެވޭގޮތުގައި މިއީ ދަރިފުޅު އާރޗީ އާއި އެކު އެނބުރި ޔޫކޭ އަށް ދިރިއުޅެން ނާންނާނެ ކަމުގެ ހެއްކެކެވެ.

ޕްރިންސް ހެރީ އަދި މޭގަން ގެ މިނިންމުމުގެ ސަބަބުން ވަޒީފާ ގެއްލުނު މުވައްޒަފުންގެ ތެރޭގައި ވަރަށް ފަހުން ޕްރައިވެޓް ސެކްރެޓަރީ އަކަށް އައްޔަނުކުރި ފިއޯނާ މެކްއިލްވަމް ހިމެނެއެވެ.
މީގެ އިތުރުން ޕްރިންސް ހެރީއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ޕްރޮގްރާމް ކޯޑިނޭޓަރ ކްލާރާ ލޮއުގރަން ހިމެނެއެވެ. ކްލާރާ އަކީ ޕްރިންސް ހެރީ ގެ އަރިސް ބޭކަނބަލެއްކަމުން ޕްރިންސް ހެރީގެ ކައިވެނީގައި މޭގަން ބޭނުން ކުރި މާބޮނޑި މޭގަން އަތަށް ހަވާލްކުރުމުގެ ޝަރަޕް ލިބިފައިވެއެވެ.

މީގެ ކުރިން އޮބާމަ އަށް މަސައްކަތް ކޮށްދީފައިވާ އަދި ހިލަރީ ކްލިންޓަންގެ އެންމެ އިސް ކެމްޕޭން އެޑްވައިޒަރެއްގެ މަގާމުވެސް އަދާކޮށްފައިވާ މިސް ސާރާ ލާތަމް އާއި އެސިސްޓަންޓް ކޮމިއުނިކޭޝަން ސެކްރެޓަރީ މާރނީ ގްރެފިން ވެސް ވަނީ ވަޒީފާ ގެއްލޭ މުވައްޒަފުންގެ ތެރޭގައެވެ.

މީގެއިތުރުންވެސް ގިނަ ދުވަސްތަކެއް ވަންދެން ޝާހީ އާއިލާއަށް ހިދުމަތް ކޮށްފައިވާ އެތައް މުވައްޒަފުންގެ ވަޒީފާވަނީ ގެއްލިފައެވެ.
މިގޮތަށް ނިންމާފައި މިވަނީ މޭގަން މާރކަލް އުޅެބޮޑުވި ގައުމުކަމުގައިވާ ކެނެޑާއަށް ދަރިފުޅު އާރޗީ ގޮވައިގެން ޝާހީ އާއިލާ ދޫކޮށް އަމިއްލަ ދިރިއުޅުމެއް ބިނާކުރުމަށް ބަދަލުވުމަށް ޕްރިންސް ހެރީ އަދި މޭގަން ނިންމާފައިވަނިކޮށެވެ.
ގިނަބަޔަކު ގަބޫލު ކުރާގޮތުގައި މިއީ ހަމައެކަނި ސަސެކްސް އަދި ބްރިޓެއިން އާއި އޮތްގުޅުމަށް އައި ނިމުމެއް ނޫނެވެ. އޭގެ އިތުރުން މޭގަން މާރކަލް ގެ ބާރު ޕްރިންސް ހެރީގެ މައްޗަށް އޮތްވަރު ބަދަލު ވެގެން ގޮސްފައިވާ މިންވަރު ފެނިގެންދާ ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.
މަހެއްހާ ދުވަސް ތެރޭގައި ޕްރިންސް ހެރީ ވަނީ އާއިލާއާއި ދުރުވެ، އެކުވެރިން ދޫކޮށް ދިރިއުޅެމުން އައިސްފައިވާ ގޮތް ބަދަލުކޮށްފައެވެ. ޕްރިންސް ހެރީ މީގެ ފަހުން މިލިޓަރީ ޔުނީފޯރމްގައި ވެސް ނުފެންނާނެ ކަމަށްވަނީ ބުނެފައެވެ.
ބެލެވޭ ގޮތުގައި ކެނަޑާއަށް ދިރިއުޅުން ބަދަލުކުރެއްވުމުން ޕްރިންސް ހެރީ އަދި މޭގަންގެ އެންމެހާ ކަަންކަން އިންތިޒާމްކުރުމަށް ހަމަޖެހިފައިވަނީ މާރކަލް ގެ އެކްޓުކުރުމުގެ މަސައްކަތް ކުރިއަރުވަން މަސައްކަތް ކޮށްދިން އެމެރިކާގެ ޕަބްލިކް ރިލޭޝަން ކުންފުންޏެއްގެ ކަމުގައިވާ ސަންޝައިން ސެޝްސް ، މޭގަން ގެ ކުރީގެ އެޖެންޓް ، ލޯޔަރު އަދި ވިޔަފާރި މެނޭޖަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *