އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންގެ ކިޔެވުން މެދުކަނޑާލަން ޖެހުމުގެ އިތުރުން ސްކޫލުގެ ސަބަބުން ދިމާވި ކަންތައްތަކަށް ބަދަލު ހޯދައިދޭން ސަރުކާރުން މަސައްކަތް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތައް ބަޔާންކޮށް މަޖިލީހަށް ސިޓީ އެއް ފޮނުވި އެވެ. އެ މައްސަލަ ދިރާސާކުރި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ. އަދި މުޅި މަޖިލީހުން ވަނީ ކޮމެޓީ ރިޕޯޓް ފާސްކޮށްފަ އެވެ. ރިޕޯޓް ފާސްކުރީ 45 މެމްބަރުންގެ ވޯޓާއެކުގަ އެވެ.

މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށައެޅުއްވީ ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ކޮމިޓީގެ މެމްބަރުން އައްޑޫ ސިޓީ އަށް ޒިޔާރަތްކޮށް، އެ ސްކޫލު ހިންގާ ފަރާތާއި، ސްކޫލުގެ ދަރިވަރުންގެ އިތުރުން އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާ ބައްދަލުކުރައްވައި އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

ޖުމްލަ 40 ސޮފްހާގެ މައްޗަށް އެކުލެވޭ ކޮމިޓީ ރިޕޯޓުގައި ފްލައިން ސްކޫލުގައި ހުރި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ފޮޓޯ: މަޖިލީސް

ރިޕޯޓްގައި ބުނެފައިވާގޮޮތުން 2010 ވަނަ އަހަރު އެ ސްކޫލުގައި ކިޔަވަން ފެށި ފުރަތަމަ ބެޗާއި އެހެން ބެޗްތަކުގެ ގިނަ ކުދިންތަކެއް ކިޔެވުން ފުރިހަމަ ކުރުމުގެ ފުރުސަތު ލިބުނު ކަމުގައިވެސް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ސްކޫލުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

ކޮމިޓީގެ ރިޕޯޓުގައި ބުނީ، ދަރިވަރުންގެ ރިކޯޑް އެންމެ އެކަށީގެންވާ ވަރަށް ސްކޫލަށް ބަލަހައްޓާފައި ނުވާ ކަމަށެވެ. އަދި ސްކޫލު ހިންގުމުގައި ގުޅޭ ކަންތައްތަކާއި ބެހޭ މާ ބޮޑެތި ލިޔުންތަކެއް ފެންނަން ނެތް ކަމަށެވެ.

ކޮމިޓީން ވަނީ 14 ރިކޮމެންޑޭޝަނެއް ހުށައަޅާފަ އެވެ.

އެ ރެކޮމެންޑޭޝަންތަކާއި އެކު، ފްލައިން ސްކޫލުގެ ދަރިވަރުންނަށް ލިބުނު ގެއްލުމުގެ ބަދަލަކީ ސްކޫލުން ހޯދައިދޭންޖެހޭ އެއްޗެއް ކަމުގައި ފާހަގަކޮށް މައްސަލާގައި އިހުމާލުވި ފަރާތްތަކާއި މެދު އަޅަން ފިޔަވަޅު އަޅައިދޭން ކޮމިޓީގެ ރިޕޯޓުގައި ވަނި އެދިފަ އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *