ފޯރބްސް ސްޓަރ އެވޯރޑް 2020 ގައި ފަސްތަރީގެ އެންމެ މަތީ އެވޯރޑް ރާއްޖޭގެ 6 ރިޒޯޓަކަށް ލިބިއްޖެއެވެ. މިއީ ، މި އެވޯރޑް ލިސްޓުގައި ރާއްޖެ ހިމެނިގެންދިއަ ފުރަތަމަ ފަހަރެވެ. 

ސްޓަރ އެވޯރޑް ދީފައިވާ ރިޒޯރޓްތަކުގެ ތަރޭގައި ވެލާ ޕްރައިވެޓް އައިލެންޑް ، ފޯ ސީޒަންސް ރިޒޯޓް މޯލްޑިވްސް އެޓް ކަނުހުރާ ، ޝެވެލް ބްލާންކް ރަންދެލި ، ދަ ސެން ރެޖިސް މޯލްޑިވްސް ވޮއްމުލި ރިޒޯޓް ، ކަނުހުރާ މޯލްޑިވްސް އަދި ވަންއެން އޮންލީ ރީތިރަށް ވަނީ ހިމެނިފައެވެ.

މި އެވޯޑަކީ ފޯރބްސް ޓްރެވަލް ގައިޑްގެ އިންސްޕެކްޓަރަކު ދުނިޔޭގެ އެކި ހިސާބުތަކުން ހޮވާލެވޭ އެންމެ ލަގްޒަރީ ހޮޓާ ، ރެސްޓޯރަންޓް އަދި ސްޕާ ތަކަށް ޒިޔާރާތް ކުރުމަށްފަހު ދެވޭ އެވޯރޑެކެވެ.

ފޯރބްސް ޓްރެވަލް ގައިޑުގެ އިންސްޕެކްޓަރުން މަދުވެގެން ދެދުވަހު ޓުއަރިސްޓުންގެ ގޮތުގައި ހޮޓެލްތަކުގައި މަޑުކުރުމަށްފަހު ހޮޓެލްގެ އެކި ކަންކަން އިންސްޕެކްޓު ކުރެއެވެ.

އެގޮތުން ހޮޓަލަށް ޒިޔާރާތްކުރާތާ 30 ސިކުންތު ތެރޭ ހޮޓެލްގެ ފަރާތުން ސްޓާފެއް ހާޒިރުވެ މެހެމާންދާރީ އަދާކުރޭތޯ ބެލުމާ ، ސްޓާފުންގެ ޔުނީފޯރމްގެ ޑިޒައިނަކީ ގަބޫލްކުރެވޭ ފެންވަރު ޑިޒައިނެއްތޯ ބެލުންވެސް ހިމެނެއެވެ. ރޭޓިންގ ގެ 75 ޕަރސަންޓް ހޮޓެލްގެ ހިދުމަތްތަކަށް ދޭއިރު ބާކީ 25 ޕަރސަންޓް ދެނީ ހޮޓަލުގައި ހުންނަ ވަސީލަތްތަކުގެ ފެންވަރަށެވެ.

ދިވެހިރާއްޖޭގެ އިތުރުން މިފަހަރު މިލިސްޓުގައި އަލަށް ހިމެނިގެންދިއަ ޤައުމުތަކުގެ ތެރޭގައި ދަ ބަހާމާސް، ކެމްބޯޑިއާ ، އީޖިޕްޓް ، ފީޖީ ،ފްރެންޗް ޕޮލިނީސިއާ ، އިންޑިއާ، ޖޯޑަން ،ނިއުޒީލޭންޑް، ސްކޮޓްލޭންޑް އަދި ސައުތު އެފްރިކާ ހިމެނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *