ރޭޑިއޯގެ މުހިންމުކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ 13 ވަނަ ދުވަހަކޯ " ވޯލްޑް ރޭޑިއޯ ޑޭ " (ދުނިޔޭގެ ރޭޑިއޯ ދުވަސް ) ގޮތުގައި ޔުނެސްކޯއިން ވަނީ ކަނޑައަޅާފައެވެ. މައަހަރުގެ ރޭޑިއޯ ޑޭގެ ޝިއާރަކީ " ރޭޑިއޯ އެންޑް ޑައިވަރސިޓީ" އެވެ.
ޔުނެސްކޯއިން ދުނިޔޭގެ ރޭޑިއޯ ދުވަހަކީ ފެބްރުއަރީ 13 ކަމުގައި ކަނޑައަޅާ މިދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 13 ފެބްރުއަރީ 2012 ވަނަ އަހަރުގައެވެ.
ދުނިޔޭގެ ރޭޑިއޯ ދުވަހެއް ފާހަގަ ކުރަން ހަމަޖައްސާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ އެއްބަޔަކު އަނެއްބައެއްގެ ދިރިއުޅުމާ ގުޅުވާލަދޭ ބާރުގަދަ ވަސީލަތަކަށް ވާތީއެވެ.
ރޭޑިއޯއަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އެންމެ ފަސޭހައިން ބޭނުންކޮށްލެވޭ އެއް ވަސީލަތެވެ. ބައިނަލްއަގްވާމީ ތަފާތު ޖަމިއްޔާ ޖަމާއަތްތަކުން މިދުވަސް ފާހަގަ ކުރުމަށް އެކި ޕްރޮގްރާމްތައް އިންތިޒާމް ކުރެއެވެ.