އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީ.ޕީ.އެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާ ތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ ޕާޓީ އޮފީސް ކުރިމަތިންނެވެ. އެގޮތުން، ގެޔަށް ވަޑައިގެންނެވުމަށް ޕާޓީ އޮފީސް ދޮރުމައްޗަށް ނިކުމެވަޑައިގެންނެވި ތަނާ ހައްޔަރުކޮށްފައިވާ ކަމަށް ހީނާ ވަނީ މައުލޫމާތު ދީފައެވެ.
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ހައްޔަރު ކުރި ސީދާ ސަބަބެއް އަދި ފުލުހުންވެސް ހާމަކޮށްފައެއް ނުވެއެވެ.