ހިތާއި ފުއްޕާމޭގެ ޓްރާސްޕްލާންޓްއެއް ހަދަން ޖެހި، ފުރާނައާއި ހަނގުރާމަ ކުރަމުންދާ އަސްރާގެ ހާލު ދެރަވެ، ޔޫކޭގެ ހާރފީލްޑް ހޮސްޕިޓަލުގައި، އިއްޔެ ހެނދުނު އެޑްމިޓްކޮށްފިއެވެ.

 އަސްރާގެ ފިރިމީހާ ޔާސިރު އަޙްމަދު ޔޫކޭގައި ހުރެ ވާހަކަ ދައްކަމުންބުނެފައިވަނީ، މޫނު ދުޅަވެ، ނޭވާލާން އުންދަގޫވެ، ވަރުބަލިކަން އިހުސާސް ކުރެވި، އަދި މެޔަށް ތަދެއް އަރާފައި ހުރުމުން ޑރ އަށް ދެއްކުމަށް ހޮސްޕިޓަލަށް ދިއުމުން ވަގުތުން އެމަޖެންސީގައި އެޑްމިޓްކުރަން ޑރ އެދިފައިވާކަމަށެވެ.

އަސްރާގެ ޢާއިލާއިން، ޔޫކޭއަށް އަސްރާ ގެންގޮސްފައިވަނީ މިމަހު އެވެ. އެއީ ހިތާއި ފުއްޕާމޭގެ ޓްރާސްޕްލާންޓްއެއް ހެދުމަށްޓަކައި އިންޑިޔާގެ
ބެންގަލޫރުގައި 1 އަހަރާއި 6 މަސް ހޭދަކުރުމަށްފަހުގައެވެ. ނަމަވެސް އިންޑިޔާއިން އެކަން
ކުރެވޭނެ މަގު ފަހިވެފައި ނެތުމުން، ދުނިޔޭގެ އެހެން ގައުމަކުން އެކަން ކުރެވޭނެ މަގެއް ހޯދުމަށް ޓަކައެވެ.

ރޯޔަލް ބްރޮމްޕްޓޮން ހޮސްޕިޓަލް އަށް ދެއްކުމުން ޑޮކްޓަރ ވިދާޅުވީ ޓްރާންސްޕްލާންޓް އެވަލުއޭޝަން ހެދުމަށްޓަކައި، މި މަހު އެޑްމިޓް ވުމަށެވެ. އެހެން ނަމަވެސް އެވަލުއޭޝަން އަށް 15،000 ޕޮއުންޑު ހަރަދުވާކަމަށް ޔާސިރު ބުނެފައި ވެއެވެ. ހަމަ އެހެންމެ ޑޮކްޓަރ ބުނެފައިވަނީ އެހޮސްޕިޓަލުން ލަފާ ކުރެވޭ ގޮތުގައި، 1 އަހަރު ދުވަހުގެ މުއްދަތުގެތެރޭގައި، ޓްރާންސްޕްލަންޓް ކުރެވޭނެ ކަމަށެވެ.

ކުއްލިއަކަށް އެމަޖެންސީގައި އެޑްމިޓް ކުރަން ޖެހުމާއި، އަދި އެވަލުއޭޝަންއަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާކަމަށްވެސް ޔާސިރު ބުނެފައިވެއެވެ. މިހާރުވެސް އިތުރަށް 4000 ޕައުންޑް އަރާފައިވާކަމަށް، ކަންބޮޑުވެ މާޔޫސްވެފައިވާ ޔާސިރު ބުނެފައިވެއެވެ.

މިކަމުގަ ތިޔަ އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް ޢާއިލާއިން ބޭނުންވާކަމަށްވެސް، އެ ޢާއިލާއިން ބުނެފައިވެއެވެ.

އަސްރާއަށް އެހީތެރިވުމަށް

އެކަންޓުން ނަން: އައިމިނަތު އަސްރާ

އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133

އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391

ގުޅޭނެ ނަމްބަރ: 7795796 ޔާސިރު އަޙުމަދު (އަސްރާގެ ފިރިމީހާ ވައިބަރ ވަޓްސްއެޕް ގުޅޭނެ)

ކީރިތި ޤުރުޢާނުގައި، ޙުޖުރާތު ސޫރަތުގެ 10 ވަނަ އާޔަތުގައި، ﷲ ތަޢާލަ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

މާނައީ: "މުޢުމިނުންނަކީ އެއްބަނޑު އެއްބަފާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ."

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *