ގައުމު ވިއްކާލާ ވާހަކަ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާތީ ލަދުވެތިވެވަޑައިގަންނަވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ހެދުމުގެ ނަމުގައި އިންޑިޔާ ސިފައިންނަށް ޤާއިމުވެ ތިބެވޭ ގޮތަށް ހަދަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުކޮށް، އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. އިދިކޮޅުން ބުނަމުންދަނީ މިއީ އިންޑިއާއަށް ރާއްޖެ ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

މި ވާހަކަތަކަށް އަލިއަޅުއްވާލައްވާ ހަސަން ލަތީފް ވިދާޅުވީ އިދިކޮޅުގެ މި ވާހަކަތަކުން ލަދުވެތިވެވަޑައިގަންނަވާ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފ. އަތޮޅު ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް ވިއްކާލުމާ ގުޅޭ ގޮތުން އޭރު ދެކެވުނު ވާހަކަތަކަށް އިޝާރާތް ކުރައްވަމުންނެވެ.

ގައުމު ވިއްކާ ވާހަކަ ޕީޕީއެމްގެ ބޭފުޅުން ދައްކާވާތީ، އަޅުގަނޑު ލަދުގަނޭ. އަޅުގަނޑުމެންނަށް، މި ދިވެހި ރާއްޖޭގެ ފާފު އަތޮޅު ސަލާމަތް ކުރެވިފައި މިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުކުމެ އޭރު ކުރި ވަރުގަދަ އިހުތިޖާޖުން

މި މައްސަލައަށް ބަހުސްކުރައްވަމުން މެމްބަރު އިތުރަށް ވިދާޅުވީ އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް ކެކެމުން އަންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި އެއަށް ބާރުދޭ ގޮތަށް ރާއްޖެއިން އެއްވެސް ކަމެއް ކުރުމަކީ މި ގައުމު ދެކެ ލޯބިވާ ދިވެއްސަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީ ސަރުކާރުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް މަސައްކަތެއް ނުކުރާނެ ކަމަށާއި، މި ސަރުކާރުން އަބަދުވެސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ވިސްނާނެ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *