ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް، (އެންސީއޭ)އިން  އިންތިޒާމުކޮށް، މި މަހު ބާއްވަން ހަމަޖެހިފައިވާ، އެކްޓިން ވޯކްޝޮޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް، (އެންސީއޭ)އިން، މިއަދު ކުރި އިއުލާނެއްގައިވަނީ، އެކްޓިން ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރއާއި ގުޅިގެން ކަމަށެވެ.

މި އެކްޓިންގް ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، މި ހިނގާ ފެބްރުއަރީ މަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން، މި މަހުގެ 26ވާ ބުދަ ދުވަހުގެ ނިޔަލަށްކަމަށެވެ.

ވޯކްޝޮޕްގައި ދިއްލީގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާގެ ޑައިރެކްޓަރު އަދި އެސޯސިއޭޓް ދެ ޕްރޮފެސަރުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މި އެކްޓިންގް ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

 އެކްޓިންގް ވޯކްޝޮޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، މި ފެބްރުއަރީ މަހުގެ 19 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެ ސެންޓަރަށް ވަނަވަރު ފޮނުވަން ޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *