ކަރީނާ ކަޕޫރު ޚާން އަދި ޑިމްޕަލް ކަޕާޑިޔާވެސް މުހިއްމު ރޯލެއް އަދާކުރާ މި ފިލްމުގެ ޓްރެއިލަރ އާންމު ކުރުމުގެ ކުރިން، ޕޯސްޓަރު އާންމުކުރީ، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ އިރުފާން ޚާނެވެ. އިރުފާން ޚާން އާއި އެކު މިފިލްމުގެ ބަތަލާއެއްގެ ގޮތުގައި ފެނިގެންދާނީ، ރާދިކާ މަދަންއެވެ. ފިލްމުގެ ޓްރެއިލާރވެސް މިއަދުގެ ވަގުތެއްގައި އާންމުންނާއި ހަމައަށް އަންނާނެއެވެ.

ޕޯސްޓަރު ރިލީޒްކުރުމާއި އެކު ފިލްމީދާއިރާގެ އެތައްބަޔަކު ދަނީ، ފިލްމާއި މެދު އަދި މިވަގުތު ކެންސަރަށް ފަރުވާ ހޯދަމުންދާ އިރުފާން ޚާނަށް ހެޔޮ އެދުމުގެ މެސެޖުތައް ފޮނުވަމުންނެވެ. ފިލްމުގެ ޕޯސްޓަރުން ފެންނަގޮތުގައި، އިރުފާން ޚާން ހުންނަނީ އިނގިރޭސީ ރާނީގެ ފާރަވެރިންގެ ޔުނިފޯމުގައެވެ. ޕޯސްޓަރާއިއެކު އިރުފާންވަނީ ވަރަށް އަސަރުގަދަ މެސެޖެއް އޭނާއަށް ސަޕޯޓްކުރާ މީހުނަށް ދީފައެވެ. އަދި ބަލި ހާލަތުހުރި ގޮތުން ފިލްމު އިޝްތިހާރުކުރުމުގައި އުޅެން އުޒުރުވެރިވާކަމާއި ފަރުވާއަށްފަހު ވަރަށް އަވަހަށް ސަޕޯޓަރުންނާއި ބައްދަލުވުމަށް އުއްމީދު ކުރާކަމަށްވެސް އިރުފާން ހާމަކުރިއެވެ.

އިރުފާންގެ ބައްޔާއި ބެހޭގޮތުން އޭނާ އެންމެފުރަތަމަ ވާހަކަ ދައްކާފައިވަނީ، މިދިޔަ 2018 ވަނަ އަހަރު މަރޗް 5 ގައެވެ. އޭރު އޭނާ ބުނީ ވަރަށް މަދުންނޫނީ ނުފެންނަބައްޔަކަށް ފަރުވާ ހޯދަމުންދާކަމަށެވެ. ބައްޔަކީ ކެންސަރުކަން އާންމުންނާއި ހަމައަށް އައީ ވަރަށް ފަހުންނެވެ.

ހޯމީ އަދަޖަނިއާ ޑައިކެޓްކުރާ މި ފިލްމަކީ " ހިންދީ މީޑިއަމް" ގެ ސީކުއަލް އެކެވެ. މި ފިލްމް ތިއެޓަރުތަކަށް އަންނާނީ މަރޗް 20 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *