މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުދަ އަރަމުންދާ ދުވަސްކޮޅަކަށް ވެފައި، މިރޭ ދަންވަރު ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައެރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިހެން ވިދާޅުވެފައިވާއިރު ފާއިތުވި ދެދުވަހުގައި ވަނީ ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރައި ގެންލުން ތަކެއް ވެފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވި އެއް ރަށެއްގެ ގޮތުގައި ނ.ހޮޅުދޫ ހިމެނެއެވެ. ހޮޅުދޫގެ ބައެއް ގެތަކަށް ވަރަށް ބޮޑަށް ލޮނުވަދެ ގެއްލުން ވެފައިވާކަމަށް މެޓް އޮފީހުން މަޢުލޫމާތު ލިބެއެވެ.

މީގެއިތުރުންވެސް ގދ.ތިނަދޫ، މ.މަޑުއްވަރީ، މ.ދިއްގަރު، ރ.ކިނޮޅަސް އަދި ގއ.ދެއްވަދޫއަށްވެސް އުދަ އަރައިގެން ރިޕޯޓްކުރިކަމަށް އެންޑީއެމްއޭއިން ހާމަކުރެއެވެ.

މެޓް އޮފީހުންވަނީ ވައިގަދަވެ ކަނޑުގަދަވާނެތީ އެކަމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށް އެވެ. މެޓް އޮފީހުން ވިދާޅުވާ ގޮތުގައި ށ އަތޮޅުން ތ އަތޮޅަށް ގަޑިއަކުށް 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށް އެއިދާރާއިންވަނީ މިއަދު 13:00 އިން 16:00 އަށް ހުދު ސަމާލު ނެރެފައެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *