މިއަދު ހެނދުނު ހުޅުމާލެއިން މާލެ އައުމަށް ހަދާފައިވާ ހައިވޭގެ ޓްރެފިކް ލައިޓް ކާރިން ޓެކްސީ އަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަން ވަނީ ފުލުހުންނަށް ހާމަކޮށްފިއެވެ.

އެކްސިޑެންޓްވީ ސައިކަލް ދުއްވަން އިނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. ސައިކަލް ދުއްވަން އިންމީހާއަށް އެކި ވަރުގެ އަނީޔާލިބިގެން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިމީހާ ދުއްވަން އިން ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކްސިޑެންޓުވީ ޓެކްސީ ދުއްވަންއިން އުމުރުން 33 އަހަރުގެ ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. މިއެކްސިޑެންޓްގައި ދެއުޅަނދު ދުއްވަންތިބި މީހުންގެ އަތުގައިއެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮވެއެވެ.

 މިހާރު ފުލުހުން ދަނީ މިމައްސަލް ތަޙްޤީޤްކުރަމުން ކުރަމުން ނަމަވެސް ، މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބު ކަށަވަުވެފައި ނުވާކަން ފާހަގަ ކޮށްލަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *