ވިލިމާލޭގައި 24 ގަޑިއިރަށް ވިޔަފާރި ކުރެވޭނެ ތަންތަން އިކޮނޮމިކް މިނިސްޓްރީން އިޢުލާނު ކޮށްފިއެވެ.
ފުރަތަމަ ސަރަހައްދެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަޙައްދަކީ، އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ފެރީޓަރމިނަލް ސަރަހައްދެވެ. އަދި އަނެއް ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަކީ، ވިލިމާލޭ "ވާރު ހިނގުން" މަގެވެ.
24 ގަޑިއިރަށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދާ ވިއްކާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންކުރާ ތަކެތި ކަމަށާއި، ހުއްދަ ދިނުމުގެ ކުރިން އެތަންތަނުގެ ވަކި ޝަރުތު ތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށް އެމިނިސްޓްރީން އިތުރަށް ވިިދާޅުވެއެވެ.
24 ގަޑިއިރަށް ހުޅުވަން ހުއްދަދެވޭ ތަންތަން ނަމާދު ވަގުތުތައް ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ހުޅުވާފައި ހުންނަންޖެހޭނެކަމަށާއި އެތަންތަނުގައި 24 ގަޑިއިރަށް މަސައްކަތްކުރާ ސީސީޓީވީ ހަރުކުރެވިފައި ހުންނަންޖެހޭނެއެވެ. އަދި މީގެ އިތުރުން 24 ގަޑިއިރަށް ހުޅުވާ ތަނަކީ ސައިހޮޓާލެއް ނަމަ، މެންދަމު 01:00 އާޢި ފަތހިހު 04:30 އާއި ދެމެދު ދުންފަތުގެ އިސްތިޢުމާލު ކުރަމަކީ މަނާ ކަމެކެވެ.
މި ޚިދުމަތަށް އެދި ހުށަހަޅަންޖެހޭ ފޯމު ފުރުމަށްފަހު 29 ފެބްރުއަރީ 2020 ގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.