މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ.ތިނަދޫގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް އުމުރުން 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅުގެން ހިންގި އޮޕަރޭޝަންގައި މިމީހާ ހައްޔަރު ކުރެވުނީ 12 ފެބްރުއަރީ 2020 ވަނަދުވަހުއެވެ.
ކޯޓުއަމުރުގެ ދަށުން މިމީހާ ދިރިއުޅޭގެ ބަލާ ފާސްކުރިއިރު ،މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއްހުރި ތިން ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމުހުސްކުރި ދެދަޅު ފެނިފައިވެއެވެ.
މިމައްސަލަ މިހާރު ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.