އެގޮތުން އަވަށްޓެރިން ތިން ބަޔަކަށް ބެހެއެވެ.
ހ. އާއިލީގޮތުން ގުޅުން ހުރި މުސްލިމު އަވަށްޓެރިން
ޢާއިލީގޮތުން ގުޅުން ހުރި އަވަށްޓެރިންގެ ތެރޭގައި ހިމެނެނީ ތިމާ ދިރިއުޅޭ ގެ ވަށައިގެން ދިރުއުޅެމުންދާ، ތިމާއާ ޢާއިލީގޮތުން ގުޅުން ހުރި މުސްލިމު މީހުންނެވެ. މިފަދަ މީހުންނަށް 3 ޙައްޤެއް އަދާ ކުރަން ޖެހެއެވެ. އެއީ މުސްލިމަކަށް ވީތީ އަދާކުރަންޖެހޭ ޙައްޤާއި، ގާތްތިމާގެ މީހަކަށް ވީތީ އަދާކުރަންޖެހޭ ޙައްޤާއި، އަދި އަވަށްޓރިޔައަކަށްވީތީ އަދާކުރަންޖެހޭ ޙައްޤެވެ.
ށ. ދީނީގޮތުން ގުޅުން ހުރި އަވަށްޓެރިން
ދީނީގޮތުން ގުޅުން ހުރި އަވަށްޓެރިންނަކީ ތިމާ ދިރިއުޅޭ ގެ ވަށައިގެން ދިރިއުޅެމުންދާ، މުސްލިމް އަވަށްޓެރިންނެވެ. މިފަދަ މީހުނަށް 2 ޙައްޤު އަދާކުރަންޖެހެއެވެ. އެއީ މުސްލިމަކަށް ވީތީ އަދާކުރަންޖެހޭ ޙައްޤާއި އަވަށްޓެރިއަކަށްވީތީ އަދާކުރަންޖެހޭ ޙައްޤެވެ.
ނ. ޢާއިލީ ގޮތުންނާއި ދީނީގޮތުން ގުޅުންނެތް ކަމުގައިވިޔަސް ގޭގެ ވަށައިގެން ހުރި ގެތަކުގައި ދިރިއުޅޭ މީހުން.
މިބައިއިގައި ހިމެނެނީ ތިމާ ދިރިއުޅޭ ގެ ވަށައިގެން ހުރި ގެތަކުގައި ދިރުއުޅޭ މުސްލިމު ނޫން މީހުންނާއި އަދި ޢާއިލީގޮތުން އެއްވެސް ގުޅުމެއް ނެތް އަވަށްޓެރިންނެވެ. މިފަދަ މީހުންނަށް އަދާކުރަންޖެހޭނީ އެންމެ ޙައްޤެކެވެ. އެއީ ހަމައެކަނި އަވަށްޓެރިޔާގެ ޙައްޤެވެ.
އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން
އަވައްޓެރިންނަށް ހެޔޮކޮށް ހިތުމަކީ މުސްލިމުންގެ މައްޗަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. މިކަމުގައި ކުޑަކުދިންނާއި ބޮޑެތިމީހުންވެސް ހަމަހަމައެވެ. އެހެން ކަމުން ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިން ވެސް އަވައްޓެރިންނަށް ހެޔޮކޮށް ހިތަން ޖެހޭނެއެވެ. ވީމާ އަވައްޓެރިންނަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުމަކީ އެކަމުން އަހަރެމެން ފާފަވެރިވާނެ ކަންކަމެވެ. ނަމަވެސް އަދުގެ މުޖުތަމަޢުން، ފެންނަމުން މިދާ މަންޒަރަކީ، އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭންގި ނަމަވެސް، ތަފާތު ގޮތްގޮތަށް އަވަށްޓެރިންނަށް އުނދަގޫވާގޮތަށް ކަންތައްތައް ކުރެވެމުންދާ މަންޒަރެވެ. އެގޮތުން ތިރީގައި މި ވަނީ އަދުގެ މުޖުތަމަޢުގައި އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް ކުރެވޭ ބައެއް ކަންތައްތަކެވެ.
އަދުގެ މުޖުތަމަޢުގައި އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް ކުރެވޭ ބައެއް
ކަންތައްތައް
- އަވަށްޓެރިންނާ ހުތުރު ބަހުން މުޢާމަލާތް ކުރުން.
- އަވަށްޓެރިންގެ ކުދިން ދެރަކޮށް ހެދުން
- އަވަށްޓެރިންގެ ކުދިންނާ ތަޅާފޮޅުން
- އަވަށްޓެރިންގެ މަގުމައްޗަށް ކުނި އެޅުން
- އަވައްޓެރިންނަށް އުނދަގޫވާނެ ވަރަށް އަޑުހަރުކޮށްގެން ލަވަޖެހުން
- އެމީހުންގެ ފާރުގައި ފިލާ ފަދަ އެއްޗެހި ހަރުކުރުން
- އެމީހުންގެ ދިޔަދޮވިތަކަށް ފެންއޮއްސޭގޮތަށް ބެހެއްޓުން
- އެމީހުންގެ ގޯތިތެރެއަށް ކިސަޑު އުކުން
- އެމީހުންގެ ގޭގެތެރެއަށް ވައްދާ ތަކެއްޗަށް ބެލުން
- އެމީހުންގެ ޒާތީ ކަންތައްތަކުގެ ތެރެއަށް ވަދުން
- އިޚްތިޔާރަކާނުލާ ހާމަވާ ކަންތައްތައް ފޮރުވައިނުދިނުން
- އެމީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުން.
މިފަދަ ކަންތައްތަކަކީ އަހަރެމެން މި ކަންތައްތަކުން ދުރުހެލިވެ ތިބެންޖެހޭ ކަންތައްތަކެކެވެ. އަދި ކުރުމުން ފާފަވެރިވާނެ ކަންތައްތަކެކެވެ. އެހެން ކަމުން މިފަދަ ފާފައަކަށް އަރައިގަނެވިފައިވާ ނަމަ އަވަހަށް ތައުބާވެ، އަވަށްޓެރިޔާގެ ކިބައިން މައާފަށް އެދެން ޖެހޭނެއެވެ. އެއީ އަވަށްޓެރިޔާގެ ޙައްޤަށް އަރައިގަނެވިފައިވާތީއެވެ. އަވަށްޓެރިޔާއަށް ހެޔޮކޮށްހިތުމަށް ޖިބްރީލް ޢަލައިހިއްސަލާމް ތަކުރާރުކޮށް ކީރިތި ރަސޫލާ صلى الله عليه و سلم އަށް ވަޞިއްޔަތް ކުރައްވަމުން ގެންދެވިއެވެ. އަވަށްޓެރިޔާ އަކީ ވާރުތަ ވެރިޔަކަށް ވެދާނެ ކަމަށް ވެސް ކީރިތި ރަސޫލާ صلى الله عليه و سلم ހީފުޅުކުރައްވާ ވަރަށެވެ.
އަވައްޓެރިންނަށް ހެޔޮކޮށް ހިތުމާ ބެހޭ ގޮތުން އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާ ކުރައްވައެވެ. އަދި ކީރިތި ރަސޫލާ صلى الله عليه و سلم ޙަދީޘް ކުރެއްވި އެވެ.
مَا زَالَ يُوصِينِي جِبْرِيلُ بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ
"އަވަށްޓެރިޔާ
އަކީ ވާރުތަވެރިޔަކަށް ވެދާނެ ކަމަށް ތިމަންކަލޭގެފާނަށް ހީފުޅުވާ ވަރަށް،
ޖިބްރީލް ޢަލައިހިއް ސަލާމް އެމީހުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް
ކުރެއްވިއެވެ." (ޞަޙީހް
ބުޚާރީ، ޙަދީޘް ނަންބަރު، 6014-6015)
ދިރިއުޅޭ ގޭގެ ކައިރީގައި އުޅޭ އަވައްޓެރިންނާ ގުޅުން ބަދަހި ނުކުރާނަމަ،
އެމީހަކަށް ތަފާތު އެތަށް އުނދަގޫ ތަކަކާ އަދި ދަތި ތަކަކާ ކުރިމަތިލާން
ޖެހިދާނެއެވެ. ދިރިއުޅުން ފަސޭހަ ނުވެ ހިގައިދާނެ އެވެ. އަވަށްޓެރިންނާ ގުޅުން
ބަދަހި ނުކުރާނަމަ ދިމާވެދާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.
ށ. އަވަށްޓެރިންނާ ގުޅުން ބަދަހި ނުކުރާނަމަ ދިމާވެދާނެ ކަންތައްތައް
- ތިމާ ކަމަކަށް ބޭނުންވާ ހިނދު އަވަށްޓެރިޔާގެ އެހީތެރިކަން ނުލިބުން
- އަވަށްޓެރިޔާގެ ނުރުހުމާ ބަދު ދުޢާ ލިބުން
- ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯބި ނުލިބުން
- އަޒާބުލިބުން
އެހެން ކަމުން ކޮންމެ މުސްލިމަކުވެސް އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ
ޙައްޤުތަކެއް ވާއިރުގައި އަވަށްޓެރިންނަށް ކަމޭހިތުން މިވަނީ ނުހަނު ބާރުއަޅުއްވާފައެވެ.
އެއީ މުސްލިމުންގެ މިސާލަކީ އެއްބަނޑު އެއްބަފާ ބައެއްގެ މިސާލު ކަމުގައިވާތީއެވެ.