ލަންޑަން އަށް ދަތުރުކުރި ޗައިނާ މީހެއް ޓެސްޓު ކުރިއިރު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާކަމަށް ޑޮކްޓަރ މައިކަލް ޓިލްޑެސްލީ ވަނީ ވިދާޅުވެފައެވެ.
ލަންޑަންގައި ކްރޯނާ ވައިރަސް ފެތުރެމުން ދާކަމަށް ބުނެވޭވަރުގެ ހެކިއަދި ނެތްކަމުގައިވިޔަސް ލަންޑަންއަށް ދަތުރުކުރި ޗައިނާ މީހާ މިބައްޔަށް ޕޮޒިޓިވް ވުމުން ލަންޑަންގައި މިބަލި ފެތުރުމުގެ ފުރުސަތު އޮތްކަމުގައި ވަނި ރިޕޯރޓްކޮށްފައެވެ.
ލަންޑަންއަކީ އެއަރޕޯރޓްތައްގިނަ ދަތުރުފަރުތު ކުރުން ގިނަ ގައުމަކަށް ވެފައި ރައްކާތެރިވުމުގެ ގޮތުން އެހެން ގައުމު ތަކުން ވެސް އަޅަމުންދާ ފިޔަވަޅުތައް ލަންޑަނުންވެސް އަޅާނެކަމަށް މައުލޫމާތު ލިބެއެވެ. އެއްވެސް މީހެއްގެ ފަރާތުން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ އިތުރު މީހުނަށް އިންފެކްޝަން ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ޓަކައި ވީއެންމެއަވަހަކަށް ސިއްހީ އިރުޝާދު ހޯދުމަށް ވަނީ އަންގާފައެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ އެންމެބޮޑު އެއް ޓެކްނޮލޮޖީ އިވެންޓު ކަމުގައިވާ ދަ މޮބައިލް ވޯލްޑް ކޮންގްރެސް ވަނީ ކެންސަލް ކޮށްފައެވެ. މިއިވެންޓަަށް ކޮންމެ އަހަރަކު 100،000 އަށްވުރެއްގިނަ މީހުން ބަރސެލޯނާއަށް ޒިޔާރަތްކުރެއެވެ.
އިތުރު ތަފްސީލް އަންނަނީ...