ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް

ރާއްޖޭގައި އުޅޭ ކޮވިޑް-19 ވޭރިއަންޓްތައް ދެނެގަތުމަށްޓަކައި ޖެނެޓިކް ސްޓަޑީއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ އެ ސްޓަޑީއަށް ސާމްޕަލްތަކުގެ ދެވަނަ ބެޗު ފޮނުވުން ކަމަށެވެ. އެހެންނަމަވެސް ނުފޮނުވި ލަސްވަނީ ކޮވިޑާއި ގުޅިގެން ފްލައިޓް ލިބުމަށް ހުރި ދަތިތަކާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ޖެނެޓިކް ސްޓަޑީއަށް އަޅުގަނޑުމެންގެ ސާމްޕަލްގެ ސެކަންޑް ބެޗް ފޮނުވުމުގެ މަސައްކަތް ކުރަމުން މި އަންނަނީ. އަދިވެސް ފްލައިޓް ލިބުމާ، މިކަހަލަ ބައެއް ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ސާމްޕަލް ނުފޮނުވި ލަސްވީ. ދެން އޭގެ ޖެނެޓިކް ސީކުއެންސެއް ހެދީމަ އަޅުގަނޑުމެންނަށް އެނގޭނީ ކޮންކޮން ވޭރިއެންޓްސް ތަކެއްތޯ އުޅޭނީ.

މީގެކުރިން ޑރ. ނަޒްލާ ވަނީ ރާއްޖޭގައި ޔޫކޭ ވޭރިއެންޓް އުޅޭކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. މިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ވޭރިއެންޓް އުޅޭކަން އެނގިގެންދިޔައީ 'އިންޑައިރެކްޓް' ޓެސްޓަކުން ކަމަށެވެ.

އެއީ އިންޑައިރެކްޓް ޓެސްޓެއް، ވަކި ކިޓަކުން ހަދާ ޓެސްޓެއްގެ ބައެއް ޓާގެޓްތައް ޕޮޒިޓިވްވެ، ބައެއް އެއްޗެހި ނެގެޓިވްވީމަ އެއީ ގިނަފަހަރު ޔޫކޭ ވޭރިއެންޓް ހުންނާތީ ވާކަމެއް. އެ ޓެސްޓު އަޅުގަނޑުމެންވެސް ކުރީމަ ރާއްޖޭގައިވެސް އެގޮތަށް ހުންނަ ކޭސްތައް ފާހަގަވީ.

މިހާތަނަށް ޔޫކޭ ވޭރިއެންޓާއި ގުޅުންހުރި ކޭސްތަކުގެ ސީދާ އަދަދު ކަށަވަރު ކުރެވިފައެއް ނުވެއެވެ. ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއިން ފެންނަ ކޭސްތަކުގެ ތެރެއިން ޔޫކޭ ވޭރިއެންޓާއި ގުޅުން ހުރި ކޭސްތަކުގެ އިންސައްތަ އެނގޭނީ ވަރަށް ގިނަ އަދަދަކަށް ސާމްޕަލް ނަގައިގެން ކަމަށެވެ. އެހެންނަމަވެސް މިގޮތަށް ރާއްޖޭގައި ޓެސްޓު ނުކުރެވޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ވޭރިއެންޓް އުފެދެނީ އެއްވެސް ހިފެހެއްޓުމެއްނެތި ކޭސް އިތުރުވަމުންދާއިރު، ވައިރަހަށް ފެތުރެން ލިބޭ ފުރުސަތުގެ ތެރެއިންކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ މިހާރުގެ އަމާޒަކީ ވެކްސިން ޖެހުމާއި އެއްވަރަށް ކޭސްތަކުގެ އަދަދު މަދުކުރުން ކަމަށެވެ.

0
0
1
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *