ސިންގަޕޫރުގެ އެންމެ ބޮޑު ބޭންކް ކަމުގައިވާ ޑީބީއެސް ގެ މުވައްޒަފަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވުމުން ހުރިހާ ސްޓާފުން ފޮނުވާލުމަށްފަހު ބޭންކް ހުސްކޮށްފިއެވެ.
އިމާރާތުގެ 43 ފަނަ ފަންގިފިލާގައި ހަދާފައިވާ މިއޮފީހުގައި ޖުމްލަ 300 މުއައްޒަފުން މަސައްކަތް ކުރާކަމަށް މައުލޫމާތުލިބެއެވެ. މީގެ ކުރިން ސިންގަޕޫރުން ވަނީ ކޮރޯނާ ވައިރަސްއަށް 47 މީހުން ޕްޒިޓިވްވެފައިވާކަން ރިޕޯރޓްކޮށްފައެވެ. މިއީ ޗައިނާއިން ބޭރުން އެންމެގިނައަދަދަކަށް ކޮރޯނާއަށް ޕްޒިޓިވް މީހުން ފެނިފައިވާ އެއްގައުމެވެ.
ޑީބީއެސް އިން ވައިރަސް އަށް ޕޮޒިޓިވްވީ މުއައްޒަފު ގެ ޓެސްޓު އަންގާރަދުވަހު ހެދުމަށްފަހު ، އޭނާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން ބުދަ ދުވަހު ވަނީ ކަށަވަރުވެފައެވެ.
ޑީބީއެސްއިން މައުލޫމާތު ދީފައިވާގޮތުގައި މިދަތި ވަގުތުގައި ވައިރަސްއަަށް ޕޮޒިޓިވްވީ މުއައްޒަފަށާއި އޭނާގެ އާއިލާއަށް ބޭންކުގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެއެވެ. މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގެއަށް ފޮނުވާލެވުނު ހުރިހާ މުއަައްޒަފުންނަށް ގޭގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ވާނީ އަންގާފަ ކަމުގައި ބޭންކުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކޮންމެ މުއައްޒިފަކަށް ތަރމޯމީޓަރ ، މާސްކް އަދި ސެނެޓައިޒަރ ހިމެނޭ ކެއަރ ޕެކެއްވެސް ވަނީ ދީފައެވެ.
ވައިރަސް ޖެހިފައިވާ މުއައްޒަފާ ބަައްދަލުވި އެންމެހާ ސްޓަފުން ހޯދާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ، މެރީނާބޭ ފައިނޭންޝަލް ސެންޓަރުގެ އާންމުން ބޭނުން ކުރާ ސަރަހައްދުތައް ކަމުގައިވާ ލިފްޓާއި ފާހާނާ ފަދަ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.
ސިންގަޕޫރުން ވަނީ މިދިޔަ ހަފްތާގައި ސިންގަޕޫރުގެ ޑިޒީޒް އައުޓްބްރޭކް ރެސްޕޯންސް ސިސްޓަމް ކޮންޑިޝަން ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްކަން އަންގައި ދިނުމުގެ ގޮތުން އޮރެންޖަށް ބަދަލުކޮށްފައެވެ. މިހާރު ސިންގަޕޫރުގެ ކުންފުނިތަކާ އާންމު ތަންތަނުންދަނީ މުއައްޒަފުން އަދި އާންމުންގެ ބޮޑީ ޓެމްޕަރޭޗަރ ބަލަމުންނެވެ.
ސިންގަޕޫރަކީ ގިނައަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ އަދި ބައެއް ދިވެހި ދަރިވަރުންނާއި އާއިލާތައް ދިރިއުޅެމުންއަންނަ ގައުމެކެވެ.