ގަލޮޅުދަނޑުގައި އިއްޔެ ހަވީރު ކުޅުނު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ބަންގަލަދޭޝްގެ ޑާކާ އަބަހާނީ އާއި މާޒިއާ ކުޅުނު މެޗު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ކުން އެއްވަރުވެގެންނެވެ. މިނަތީޖާއާއެކު މާޒިޔާ ވަނީ ޕްރިލިމިނަރީ ފަހަނައަޅައި މުބާރާތުގެ ޕްލޭއޮފަށް ދަތުރުކޮށްފައެވެ. މިފުރުސަތު މާޒިޔާއަށް ލިބުނީ އަވޭޖެހި ގޯލަށް ބެލުމަށްފަހުގައެވެ.

އަބަހާނީއަށް ސަޕޯރޓްކުރުމަށް ގިނަ އަދަދެއްގެ ބަނގްލަދޭޝް ސަޕޯރޓަރުން ދަނޑަށް ވަދެފައިވާއިރު ފުރަތަމަ ލެގުގައި 2-2 އަކުން ވަނީ އެއްވަރުވެފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިއްޔަގެ މެޗަށް އަނިޔާގައި ހުރި ނާއިޒު ހަސަން (ދާދު)ގެ ބަދަލުގައި ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ އަރުވާފައެވެ.

ޕްލޭއޮފްގައި މާޒިއާ ވާދަކުރާނީ ޕްރިމިލިނަރީގެ އަނެއް މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާނުގެ ޕާރޯ ވާދަކޮށްމޮޅުވާ ޓީމަކާއެވެ. ޕްލޭއޮފުން ކުރި ލިބިއްޖެނަމަ މާޒިޔާއަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިގެންދާނެއެވެ.ގްރޫޕުގައި ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ޓީސީ ސްޕޯރޓްސް ކްލަބާއި އިންޑިއާގެ ޗެންނާއީ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސް އެވެ.

މާޒިޔާ ޓީމުގެ ކޯޗް މަރުޖާން ސެކުލޮސްކީ ވަނީ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ފާހަގަ ވިކަމަށާއި ޓީމުގައި އިންޖަރީ އެބައުޅޭކަމަށާއި ޓާގެޓް ހާސިލު ކުރެވުނީތީ އުފާކުރާކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *