ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް އުދައަރާނެ ކަަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މޯލްޑިވްސް މީޓިއޮރޮޖިކަލް ސަރވިސް)އިން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި، އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް، ރާއްޖޭގެ މޫސުމާބެހޭ އިދާރާއިންވަނީ ލަފާކޮށްފައެވެ.

މެޓުން އިތުރަށް ބުނެފައިވަނީ، އުތުރާއި މެދުތެރޭގެ އަދި ދެކުނުގެ ކަނޑުތައް ވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. ހަމަ އެހެންމެ އިރުއުތުރާއި އިރުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، މީގެ އިތުރުން، ރާއްޖޭގެ އެހެން ހިސާބުތަކަށް، ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *