ppm
އިންތިހާބު އަވަސްކުރުމަށް ގޮވާލާ ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީ.ޕީ.އެމް - ޕީ.އެން.ސީ ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.

ޕީ.ޕީ.އެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދުގެ މުޒާހަރާއިންވެސް 2 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު ހިމެނޭކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އިދިކޮޅުން މިއަދު މުޒާހަރާ ކޮށްފައިވަނީ ޕީ.ޕީ.އެމް އޮފީސް ކުރިމަތީގައެވެ. މުޒާހަރާ ކުރަނީ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނި ނަމަވެސް، އާންމު ގޮތެއްގައި މުޒާހަރާ ކުރަމުންދަނީ އިޖްތިމާއީ އެއްވެސް ގައިދުރުކަމެއް ނެތިއެވެ.

އެޗް.ޕީ.އޭގެ ގައިޑްލައިންސްތަކާއި ހިލާފަށް ކުރާ މުޒާހަރާތައް ހުއްޓުވާނެކަމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެގޮތުން، ތަކުރާރުކޮށް ނަސޭހަތްދިން ނަމަވެސް، އެއްވުންތައް ބާއްވަމުންދާތީ އެއީ ގާނޫނެއް ހިންގުމަށް ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި ބަލާ، ގާނޫނީ ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެއްވުންތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރަން ޖެހުނު ނަމަވެސް އެކަން ވެސް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *