މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަހްމަދު މަހްލޫފު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި ހުޅުމާލޭގައި ހަދާފައިވާ ބޯޗް ވޮލީ ކޯޓް މިހާރުވަނީ ބައިނަލްއަގްވާމީ ފެންވަރުގެ ޓްރެއިނިންގ ފެސިލިޓީއަކަށް ބަދަލުކުރެވިފައެވެ.
މިނިސްޓަރ މަހުލޫފު ވިދާޅުވެފައިވާގޮތުގައި މިކޯޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި މިފެންވަރަށް ހަދާފައިވާ ފުރަތަމަ ބީޗްވޮލީކޯޓެވެ.
ވޮލީކޯޓަށްގެނިވިފައިވާ މިބަދަލުގެ ސަބަބުން ރާއްޖޭގެ ބީޗްވޮލީއަށް އިތުރު ކުރިއެރުމާއި ތަރައްގީ ލިބިގެންދާނެކަމަށް އުންމީދުކުރައްްވާކަމަށް ވަނީ ފާހަގަކުރައްވާފައެވެ.