ގއ. ވިލިގިނލީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮގްރާމަކީ ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްމުގައި އެރަށުގައި ވިޔަފާރިކުރާ ހުރިހާ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު،  ފިހާރަތަކުގެ ސެކިއުރިޓީ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ،މިއަދުގެ ޕްރޮގްރާމުގެ ތެރެއިން ފިހާރަތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވާނެ ކަަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ފިހާރަ ބަންދުކުރާ ގަޑީގައި ފިހާރައިގައި ފައިސާ ނުބެހެއްޓުމަށް އިރުޝާދުދީފައިވާއިރު،  ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި އެކަންކަން ހައްލުކުރުމަށް ފުލުހުންނާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމުތައް ހިންގަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *