ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުޢާސަލާތީ ޚިދުމަތް ދެމުންދާ އެއް ކުންފުންޏަކީ ދިރާގެވެ. އެގޮތުން ދިރާގުން ވަނީ ޕޯސްޓުޕެއިޑް ޕްލޭންތައް ނަންގަވައިގެން 20 ޖީބީ ޑޭޓާ ހިލޭ ހޯދުމުގެ ފުރުޞަތު ދިރާގުގެ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

މިގޮތުން ހުޅުވާލާފައިވާ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރޭގައި ހިމެނެނީ، 350 ރުފިޔާ އަށް 9 ޖީބީ ޑޭޓާ، 550 ރުފިޔާ އަށް 12 ޖީބީގެ ޕެކޭޖު، އަދި 750 ރުފިޔާ އަށް 10 ޖީބީ ޑޭޓާ އެވެ. މީގެ އިތުރުން 1000 ރުފިޔާ އަށް 30 ޖީބީ އަދި 1700 ރުފިޔާ އަށް 60 ޖީބީ ޑޭޓާވެސް މީގެތެރޭގައި ހިމެނެއެވެ. ހަމަ އެެހެންމެ، މިއިން ކޮންމެ ޕެކޭޖަކުންވެސް ދިރާގުގެ ނަމްބަރުތަކަށް ހިލޭ ގުޅުމާއިއެކު، ފުރަތަމަ ދެ ޕެކޭޖުން ރާއްޖޭގެ އެހެން ނެޓްވޯކުތަކަށް ގުޅަން ހިލޭ 300
މިނެޓު ލިބޭނެއެވެ. އަދި ބާކީ ހުރި ޕެކޭޖުތަކަށް ހިލޭ އެހެން
ނެޓުވޯކުތަކަށްވެސް ގުޅޭނެއެވެ.

ދިރާގުން މި ހުޅުވާލި ކޮންމެ ޕެކޭޖަކުންވެސް ވަކިވަރަކަށް ހިލޭ ޑޭޓާ ލިބޭއިރު، ފޭސްބުކްއާއި، ވަޓްސްއެޕް، ވައިބާ، އަދި އިންސްޓަގްރާމްގެ އިތުރުން ސްނެޕްޗެޓުވެސް ހިލޭ ބޭނުން ކުރެވޭނެއެވެ. އެހެންކަމުން މި ޕެކޭޖުތަކަކީ ދިރާގުގެ ކަސްޓަމަރުންނަށް ލިބޭ ރަނުގެ ފުރުޞަތެއްކަން ޔަޤީނެވެ.

ޕޯސްޓުޕެއިޑްގެ އެންމެ ކުޑަ ޕްލޭން ކަމުގައިވާ 150 ރުފިޔާ އަށް ލިބޭ 2.5 ޖީބީގައި ދިރާގުގެ އިތުރުން، ރާއްޖޭގެ އެހެން ނެޓްވޯކްތަކަށް ގުޅަން ހިލޭ 300 މިނެޓު ލިބުމާއިއެކު، އަންލިމިޓެޑް މެސެޖުތައްވެސް ކުރެވޭނެއެވެ. ދިރާގުގެ ޕޯސްޓުޕެއިޑް ޕެކޭޖުތައް ނަންގަވައިގެން ބޮޑު ޚަރަދުތަކެއް އަތުން ނުގޮސްވާނެގޮތް، މިހާރު މި ވަނީ މަގުފަހިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *