އާސީޕްލޭން ޓާރމިނަލް ޓީއެމްއޭއަށް ދިނުމަށް ނިންމާފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތައް އެމްއޭސީއެލް އިން ދޮގުކޮށް މިމައްސަލައިގައި ބޮޑު ބަހުސް އަކަށް ގޮސްފައިވާ ދަނޑިވަޅެއްގައި ކުރީގެ ރައީސް ނަޝީދު މިމައްސަލައިގައި ޓްވީޓް ކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވާ ގޮތުގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ޓްވީޓްކޮށްފައެވެ. ރައީސް ނަޝީދު މިކަމާއި ގުޅުގެން ވިދާޅުވެފައިވަނީ ދެވަނަ ރަންވޭ ހުޅުވާ، ސަރުކާާއި ޓީއެމްއޭއާއި ދެމެދު ވާހަކަދައްކައި ދެފަރާތް އެއްބަސް ވާ ގޮތަކަށް ރަންވޭގެ މައްސަލަ އަވަހަށް ނިންމުން މުހިންމު ކަމަށެވެ. އަދި މި ކަމާއި ގުޅިގެން ބަޔަކު އުފުލާ ދައުވާތަކަކީ މުޅުން އެހެން ކަމެއް ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވެއެވެ.

ޓީއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ އާ ޓާމިނަލް ޓީއެމްއޭ އަށް ދެވޭނެ މުއްދަތާއި ޖާގަ އާއި ކުލި އަދި ކޮންޓްރެކްޓުގެ މުއްދަތާއި ގުޅޭ ގޮތުން ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުމަކީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބުކަން އެ ކުންފުނިން ސަރުކާރަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ

މި މައްސަލައާއި ގުޅިގެން ވާހަކަ ދެއްކި އެމްއޭސީއެލްގެ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި އިތުރު މުވައްޒަފުންނަށް ނޯޓިސްވެސް ދީފައިވާކަމަށް މަޢުލޫމާތު ލިބެއެވެެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *