ތޫނު ހަތިޔާރު ގެންގުޅޭ ކަމުގެ ތުހުމަތުގައި ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ ފުވައްމުލަކާއި އައްޑޫގެ ހިމެނެ ސަރަހައްދުގެ ރަށަކުން ފަނަރަ އަހަރުގެ ކުއްޖަކު ތޫނު ހަތިޔާރު ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެކުއްޖާ އުޅޭ ގެ ބަލައި ފާސްކޮށްފައިވާކަމަށެވެ.
މިއަދު ގެ ހިންގި އެ އޮޕަރޭޝަންގައި އެކުއްޖާ ދިރިއުޅޭ ގެއިން ހަތަރު ވަޅިއާއި ދަނބުކުލައިގެ ހޮޅިބުރިއެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާއި ގުޅިގެން މިހާރު އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު އެމައްސަލަ ތަހުގީހުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.