ކ.ގިރާވަރުގެ އުތުރުކަނޑުން 'ބަރޯސާ' ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ ، އެ ސަރަހައްދުން ދުއްވާ ކަނޑުއުޅަނދުތަކުން ސަމާލުކަން ދިނުމަށް އެމްއެންޑިއެފް އިން އިލްތިމާސްކޮށްފިއެވެ.

އެއްވެސް މީހަކު ނެތި މިބޯޓް އޮޔާދާކަމުގެ މައުލޫމާތު ، އެމެއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރުއެވެ. 

އެމްއާރރުސީސީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިބޯޓް އޮޔާ ދަނީ ކ.ގިރާވަރުކަނޑޫން ހުޅަނގަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ސަަމާލުކަން ދެއްވުމަށް އިލްތިމާސްކުރެއެވެ.

 ރާއްޖޭގެ ކުންފުންޏަކަށް ނިސްބަތްވާމިބޯޓް އޮޔާދާތީ ވެރިފަރާތުން މިހާރުދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެސަރަހައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެސަރަހައްދު މޮނީޓަރކުރުމަށް ތަކައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އުޅަނދެއްވެސް އެސަރަހައްދަށް މިހާރު ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.