އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލުކުރައްވަނީ

އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު އާއި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން ޖަޔަޝަންކަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި ތަރައްގީގެ ކަންކަމުގެ ދެ ގައުމުގެ ގުޅުމާއި ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ބައްދަލުވުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާއި ގުޅިގެން ވެސް މަޝްވަރާކުރައްވާފައިވެއެވެ.

ދެ ދުވަހަށް ޖަޔަޝަންކަރު ދިވެހިރާއްޖެއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކާއި ގުޅުންހުރި އެއްބަސްވުންތައް ހިމެނެއެވެ.

މި ދަތުރުފުޅަކީ 2021 ވަނަ އަހަރުގެ ފުރަތަމަ ހައި-ލެވެލް ބައިލެޓަރަލް ޒިޔާރަތެވެ. އަދި މިއީ އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ޑރ. ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަންފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *