Fayyaz Ismail
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް -- ފޮޓޯ: ރައީސް އޮފީސް

އޮކްޓޯބަރު މަހުގެ ތެރޭގައި ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ''ރަށްވެހި ފަތިސް'' ގެ ހއ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

މިފަދަ މަޝްރޫއުތަކަކީ ހަތަރު މަރުހަލާއަކަށް ބަހާލެވިގެން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ. އެގޮތުން ފުރަތަމަ މަރުހަލާއަކީ ކޮންސެޕްޓެއް އެކުލަވާލާ ދެ ގައުމުގެ ސަރުކާރުގެ ހުއްދަ ހޯދުމެވެ. ދެވަނަ މަރުހަލާގައި ފީސިބިލިޓީ ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓަށް އެޕްރޫވަލް ހޯދުމެވެ.

ފައްޔާޒް ވިދާޅުވީ ފުރަތަމަ މަރުހަލާގެ މަސައްކަތް ފެށީ އޮކްޓޯބަރުމަހުގެ ތެރޭގައި ކަމަށެވެ. އަދި މިދިޔަ ހަފްތާ ތެރޭގައި ފީސިބިލިޓީ ރިޕޯޓު ތައްޔާރުކޮށް، ދިވެހި ސަރުކާރުގެ ހުއްދަ ހޯދާފައިވާ ކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާރު އެ ރިޕޯޓު ވަނީ އިންޑިއާ ސަރުކާރުގެ ހުއްދައަށް ފޮނުވާފައިވާ ކަމަށެވެ.

ދެން ފެށޭނީ ޓެންޑަރ ޕްރޮސެސްއެވެ. ދެ މަރުހަލާއަކަށް ބަހާލެވޭ ޓެންޑަރ ޕްރޮސެސްފައި ފުރަތަމަ ހުޅުވާލެވޭނީ މި ޕްރޮސެސްގައި އެކަމަށް ގާބިލު ކެންޑިޑޭޓުން ހޯދުމަށެވެ. މިއީ އިންޓަރނޭޝަނަލް ބިޑިންގ ޕްރޮސެސް އަކަށްވާތީ އާއްމުކޮށް ދެ މަސް ދުވަސް އެކަމަށް ހޭދަވާނެއެވެ. ޕްރީ ކޮލިފިކޭޝަން މަރުހަލާ އަށް ފަހު ދެން އޮންނާނީ ކޮލިފައިވާ ޕާޓީތަކުން ޓެންޑަރ ކުރުމަށް ހުށައެޅުމެވެ. މިކަމަށް ވެސް ދެ މަސް ދުވަސް ހޭދަވެއެވެ.

ފައްޔާޒް ވިދާޅުވިގޮތުގައި މި މަޝްރޫއުގެ ޓެންޑަރިންގެ ފުރަތަމަ މަރުހަލާ ފެށޭނެ ކަމަށް ބެލެވެނީ މާޗް މަހުގެ ތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވީ ދެ މަހެއްހާ ދުވަސް ތެރޭގައި ޕްރީކޮލިފައިވާ ޕާޓީތައް ހޯދާ ، ޖުލައި މަހުގެ ތެރޭގައި ކޮންޓްރެކްޓު އެވޯޑު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސެޕްޓެމްބަރު އޮކްޓޯބަރު ހިސާބުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮންޓްރެކްޓް އެވޯޑު ކުރުމަށްފަހު ގާތްގަނޑަކަށް މޯބިލައިޒްކޮށްގެން ސެޕްޓެމްބަރު އޮކްޓޯބަރު ހިސާބުގައި އިރާދަކުރެއްވިޔާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މުޅިންހެން އެއްކޮށް ބަދަލުވެގެންދާން. 90 މިލިއަން ޑޮލަރުގެ ޕްރޮޖެކްތެއް އެއީ.

ފައްޔާޒް ވިދާޅުވީ މި އެއަރޕޯޓު ތަރައްގީ ކުރުމަށްފަހު ބޮޑެތި އެއަރލައިންތަށް އެ އެއަރޕޯޓުގައި ޖެއްސުމަށް އެ ރަށުގައިވާ އެނދު ގިނަ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، މިކަމާ ގުޅޭ މަޝްވަރާތައް ޓޫރިޒަމް މިނިސްޓްރީއާއި އެކު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ ދިރާސާތައް ވެސް ހަދަމުން އަންނަ ކަން އޭނާ ހާމަކުރެއްވިއެވެ.

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *