ސައޫދީ އަރަބިއްޔާއާށް ދަތުރުކުރާ ދިވެހި ފަތުރުވެނިނަށާޢި ، އުމްރާގެ މަތިވެރި އަޅުކަމަށް ވަޑައިނަވާ ދިވެހިރައްޔިތުންނަށް އޮންއެރައިވަލް ވިސާ ލިބޭނެގޮތް ސަޢޫދީ އަރަބިއާގެ ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަން މިނިސްޓަރއޮފް ފޮރިން އެފެއަރޒް އަބްދްﷲ ޝާހިދު މިއަދު އިޢުލާން ކުރައްވައިފިއެވެ.

މިއަދު މެންދުރު ފޮރިންމިނިސްޓްރީގައި ބޭއްވުނު ޕްރެސްކޮންފަރަންސްގައި ވާހަކަފުޅު ދަައްކަވަމުން މިނިސްޓަރ  ޝާހިދު ވިދާޅުވެފައިވަނީ އޮންއެރައިވަލް ވިސާގެ ހިދުމަތްތައް ފެށުމުން ދިވެހިން ސަޢުދީއަށް ދަތުރުފެށުމުގެ ކުރިން އޮންލައިންކޮށް އީ-ވިސާއަށް އެޕްލައި ކުރުމުގެ ފުރުސަތު ނުވަތަ ވިސާއާނުލާ ސަޢޫދީއަށް ދަތުރުކޮށް އެއަރޕޯރޓުން ވިސާއަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އޮންއެރައިވަލް ވިސާލިބޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމުން ދިވެހިރައްޔިތުންނަށް މިވިސާގައި ސިންގަލް އެންޓްރީނަމަ 1 މަސްދުވަހުގެ މުއްދަތަކަށް ހުރެވޭނެކަމަށާއި ، މަލްޓިޕްލް އެންޓްރީކޮށް 1 އަހަރުދުވަހުގެ ވިސާއެއްގައި 90 ދުވަސް ހޭދަކުރެވޭގޮތަށް މަގުފަހިވެގެންދާނެއެވެ. މިވިސާ ބޭނުންކުރެވޭނީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށާއި ، ފަތުރުވެރިކަމަށެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށާ ، ކިޔެވުމާ ، ސިއްޙީ ފަރުވާއަށް އަދި ސަޢޫދީ އަރަބިއްޔާގައި މަސައްކަތްކުރުންފަދަ ބޭނުންތަކަށް މިވިސާ ބޭނުމެއް ނުކުރެވޭނެއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ސަޢޫދީއަރަބިއްޔާ އަކީ ދިވެހިން ވަރަށްމުހިންމު ބޭނުންތަކެއްގައި ދަތުރުކުރާ ޤައުމެއްކަން ފާހަގަކުރައްވާ  ،ސަޢޫދީ ރަސްގެފާނުގެ މިމުހިންމު ނިންމެވުމަކީ ސަޢޫދީއަށް ދަތުރުކުރާ ދިވެހިރައްޔިތުންނަށް އެތަކެއްލުއިފަސޭހަ ވެގެންދާނެކަން ހާމަކުރެއްވެވިއެވެ.

ދިވެހިރާއްޖެއާޢި ސަޢޫދީ އަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް އަޚްވަންތަކަމާއި ، ސަޢޫދީ ލީޑަރޝިޕް ދިވެހި ރައްޔިތުންނަށާއި މިހާރުގެ ސަރުކާރަށް ބަހައްޓަވާ ޙާއްސައަހައްމިއްޔަތުކާމާއި ދެޤައުމުދެމެދުގައި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ހިނގައްޖެކަމުގެ ހެކި މިކަމުން ދައްކުވައިދޭކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޚައްމަދު ޟާލިޙުގެ ޚާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ، ބައިނަލް އަޤްވާމީ މަސްރަޙްގައި ސާބިތުކަމާއިއެކު އިސްއުފުލައި ،ރާއްޖޭގެ ހައިބަތުއުފުލައިދޭން ކެނޑިނޭޅި ކުރައްވާ މަސައްކަތުގައި މިސަރުކާރުން ގިނަކާމިޔާބީތަކެއް ހޯދާފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރައްވަމުން އިތުރަށް ވިދާޅުވެފައިވަނީ އޭގެ ނަތީޖާއެއްގެގޮތުން ދިވެހި ޕާސްޕޯޓަކީ އޭގައިވާ ސަލާމަތީ ސިފަތަކާއިއެކު މިވަގުތު ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯރޓްކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *