މަޖިލިސް ބައްދަލުވުމެއް ކަނޑުއަޑީގައި ބޭއްވުމަށް ރައްޔިތުން މަޖިލިސްގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ގޮވާލައްވައިފިއެވެ.

މުޅިދުނިޔެއަށް މިވާހަކަތައް އަޑުއިއްވޭނެ ކޮންމެވެސް ގޮތެއް ހަދަންޖެހޭ ކަމަށާއި ، މިގޮތަށް މަޖިލިސް ބާއްވާ މިއަޑު މުޅިދުނިޔެއަށް އިއްވޭނެގޮތް ހަދަންޖެހޭ ކަމުގައި ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް މޫސުމީ މައްސަލަތަކުގައި ތަފާތުގިނަ މަސައްކަތްތައް ކުރެވޭ ކަން ފާހަގަ ކުރައްވާ އިކްރާމް ވިދާޅުވެފައިވަނީ މޫސުމީމައްސަލަތައް އިތުރަށް ދުނިޔޭގެ ސަމާލުކަމަށް ގެންނަންޖެހޭ ކަމަށާއި ، ކަނޑުއަޑީގައި މިކިލިސް ބާއްވައިގެން ނުވަތަ އެނޫންވެސް ގޮތަކުން މުޅިދުނިޔޭގެ ސަމާލުކަމަށް މިކަން ގެންނަންޖެހޭ ކަމަށެވެ. 
މީގެއިތުރުން ރާއްޖޭގައި ކްލައިމެޓް އެމާޖެންސީ އިއުލާން ކޮށްފައިވާއިރު އެހެންގައުމުތަކުން އެކަމަށް ސަމާލްކަން ދޭންޖެހޭކަން އަންގަންޖެހޭ ކަމަށް އިކްރާމް ވިދާލުވެއެވެ. ކްލައިމެޓް ޗޭންޖް ކޮމިޓީއިން ރާއްޖޭގައި ކްލައިމެޓް އެމަޖެންސީ ކުރުމަށް ނިންމި ރިޕޯރޓަށް ވާހަކަ ދައްކަވަމުން އިކްރާމްވަނީ މަޖިލިސްގެ މިހާރުގެ ރައީސް ،އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މޫސުމީމައްސަލަ އަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ކަނޑުއަޑީގައި ކެބިނެޓް މީޓިންގ ބޭއްވެވިކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ކްލައިމެޓް ޗޭންޖް ކޮމެޓީއިން ނިންމި ނިންމުމާއި އެއްގޮތަށް މިއަދުގެ މަޖިލީހުގައި މެމްބަރުން ވަނީ ރާއްޖޭގައި ކްލައިމެޓް އެމަރޖެންސީ އިއުލާން ކުރުމަށް ގޮވާލާފައެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމްގެ މިހުށައެޅުމަށް ކެޔޮދޫދާއިރާގެ މެމްބަރު ހުސައިން ޤާސިމް ތާއީދްކުރައްވާފައިވާކަން ފާހަގަ ކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *