ހއ. އަތޮޅު އިހަވަންދޫ، ދިއްދޫ އަދި ހޯރަފުށި ދެމެދު އޮންނަ ވާދަވެެރިކަން ބޮޑުވެފައި ވަނިކޮށް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެކަމާއި ގުޅޭ ގޮތުން ރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

މި ތިން ރަށަކީވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ގޮނޑި ކާމިޔާބު ކޮށްފައިވާ ރަށްތަކެވެ. ތިން ރަށުގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް އުޅެނީ ހޯރަފުއްޓާ އިހަވަންދޫއާ ދޭތެރޭގަ އެވެ. މިއީ ޒަމާނުއްސުރެ ވާދަވެރިކަން ބޮޑު ދެ ރަށެވެ. މި ފަހުން މި ކަންތައް އަނެއްކާވެސް ގޯސްވެގެން މިއުޅެނީ ހޯރަފުށި އެއާޕޯޓާ އެކު އެވެ.

ރޭ ''ރަށްވެހި ފަތިސް'' ގެ ހއ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވަނީ ވަކިން ހާއްސަކޮށް އެ ތިން ރަށުގެ ރައްޔިތުންނަށް މެސެޖެއް ދެއްވާފަ އެވެ. އެއީ އަތޮޅުގެ ވާދަވެރިކަން ނައްތާލައި އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރުމެވެ.

އަރިހުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ ހއ ރަށްތަކުގެ ދެމެދުގައި ހަމަނުޖެހުން އޮތުމަކީ ރައީސް ވެސް އެންމެ ބޭނުންފުޅުވާ ގޮތް ނޫން ކަމަށެވެ.

އަޅުގަނޑުމެންނަށްވެސް ވަރަށް އުދަގޫވާނެ، ރައީސަށްވެސް އުދަނގޫފުޅުވާނެ އިހަވަންދޫ އާއި ހޯރަފުއްޓާއި ދިއްދޫ އާއި ޒުވާބު ކުރަން ފަށައިފިއްޔާ

 

އެހެން ނުހައްދަވާ

ހއ. އަތޮޅުގެ ރަށްތަކުގެ ގުޅިގެން މަސައްކަތްކުރަން ނަޝީދު އެދިވަޑައިގެންފައިވާއިރު މި އަހަރު ތެރޭގައި ހޯރަފުށި އަދި އިހަވަންދޫ މިއިން ކޮންމެ ރަށެއްގައި 11 މަޝްރޫއު އަދި ދިއްދޫ ގައި 22 މަޝްރޫއުއެއް ހިންގަން ވަނީ ބަޖެޓްކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ހޯރަފުށީގެ ތަރައްޤީއަށް ހާއްސަކަމެއް ބަހައްޓާކަމަށް ވިދާޅުވެ، މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

2
0
0
1
3

މިލިޔުމާއި ގުޅޭ

4 ކޮމެންޓް

  1. ދިއްދޫ އެހާ ބޮޑަކަށް ތި ކަމުގެ ތެރެއަކު ނޫޅޭ.. ފައިޓު އޮތީ އިހަވަންދޫ ހޯރަފުށި.. ތި ހަމަ ހަސަދަ ވަރަށް ނުރައްކާ އެއްޗެއްތީ އަސްލު.. ވާގޮތަކީ ސަލީމު ދެންތިބި ދެ މީހުންނަށް ވުރެއް ރޯ ފިލާފަ މޮޅުވެސްވީމާ ސަލީމާ އެއްވަރަށް ޕާފޯމް ނުކުރެވެނީ ދެންތިބި ދެ މީހުންނަށް ދެން ރައްޔިތުން ގާތަށްގޮސް ދޭނެ ޖަވާބެއް ނޭނގުނީމަ އުފައްދަނީ ފިތުނަ ދޮގު ވާހަކަ ދައްކައިގެން.. އެވެރިން އެވެރިން ތެޅީމަ ހުރިހާ ބާރެއް ސަރުކާރަށް.. ޕީޕީއެމްވެރިކަމުގަ ތި ފައިޓު ނުފެނޭ އޭރު ތިބި އެމްޕީމްގެ ފަރާތުން.. މާގިނަ ކަންކަން އޭރުކޮށްފަވެސް އެބަހުރި

  2. ގަމާރު ހަބަރު ނުލިޔެބަ. ހޯރަފުށި އަދި އިހަވަންދޫ އަށް 11 ޕްރޮޖެކްޓޯލަ އަދި ދިއްދޫ އަށް 22 ޕްރޮޖެކްޓޯލަ އެހެންވީމާ ކޮން ރަށަކައްތަ މިއޮތީ އިސްކަންދީފަ ގަމާރުތަކާ...

  3. އަތޮޅު ބަހާފަ އިންގޮތޮ ވަރަށް ސަކަރާތް
    ހއ އިހަވަންދިއްޕޮޅައް ހަދައި އިހަވަންދިއްޕޮޅުން ވަކިވާ ބައި ހދ އައްލައި ނިންމަން ވެއްޖެ... ނޫނީ ނަޝީދު ސަރުކާރުން ގެންގުޅުއްވި މަތިއުތުރު ޕްރޮވިންސް ހަދައި ބޮޑުތިލަދުންމަތި އެއްކޮށް އައްޑޫ ގޮތަށް ޕްލޭން އެއް ހަދައިއޭގެ ތެރެއިން ތަރައްގީ ކުރަން ވެއްޖެ. އޭރުން ރިޒޯޓުތަކާ ފެކްޓަރީ ތައްވެސް މުޅި ހިސާބަށް އައިސް މާދުރަށް ނުގޮސް ވަޒީފާތައް ވެސް ފަހި ވާނެ

  4. ހޯރަފުށީ މީހުން އެއްވެސްއިރަކު އިހަވަންދުވަކާ ދިއްދުއަކާ ޖެހިގެނެއް ނޫޅެ ހޯރަފުށީ މީހުން އިހަވަންދު، ދިއްދުއައް އެކިބޭނުންތަކުގަ ގޮސް ހަދާ ހޯރަފުށްޓާ ހަސަދަވެރިވަނީ ކޮން ސަބަބަކާ ހުރެކަމެއް އެނގޭނީ އެދެރަށުމީހުނައް އެދެބައިމީހުން ގުޅިގެން ހޯރަފުށި ފުނޑައެއްނުލެވޭނެ

    1
    1

ކޮމެންޓް

Your email address will not be published.