ށ.ފުނަދޫގައި މީހަކު މަސްތުވާތަކެއް ގެންގުޅެކަމުގެ މައުލޫމާތު ލިބިގެން ފުނަދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކު މަސްތުވާތަކެއްޗާއި އެއްކޮށްހައްޔަރުކޮށްފައެވެ.
10 ފެބްރުއަރީ 2020 ވަނަ ދުވަހު މިމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެމީހާ ދިރިއުޅޭގެ ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިހުރި ތިން ކަރުދާސް ކޮޅުފެނިގެންނެވެ.
ފުނަދޫ ޕޮލިސް ސެޓޭޝަނުން މިމައްސަލަ މިހާރު ތަޚްޤީގް ކުރަމުން ދާއިރު ، މިމައްސަލައިގަ ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއްނިންމުމަށް ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ މިންސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.